logoEN
Sto top
ވީޑީއޯ: ތަޤްދީރުގާ މިހެންވީ - ރައީސް ނަޝީދުގެ އަޑުން ހިތްގައިމު އަދި އެހާމެ އަސަރުގަދަ

ވީޑީއޯ: ތަޤްދީރުގާ މިހެންވީ - ރައީސް ނަޝީދުގެ އަޑުން ހިތްގައިމު އަދި އެހާމެ އަސަރުގަދަ

އައިޝަތު އިފާޝާ

logo

6/17/2023, 8:15:46 PM

Nasheed

ތަޤްދީރުގާ މިހެންވީ - ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ އަޑުން ކިޔާފައިވާ މި ލަވައަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ލަވައެކެވެ. މިލަވަ އެކި މީހުންގެ އަޑުން ކިޔައި ރެކޯޑުކޮށްފައިވެސް އެބަހުއްޓެވެ. އާދެ! ލޯބީގައި ނާކާމިޔާބުވެފައިވާ ފަރާތެއްގެ ޝުއޫރާއި އުދާސްތައް ބަޔާންކޮށްދޭ މިލަވަ އަޑުއެހި ކޮންމެ މީހަކަށްވެސް ކަމުދާ މިލަވަ މިހާރު މިއޮތީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަޑުފުޅުން އާންމުންނާ ހަމައަށް އައިސްފައެވެ.

Wamco

ރައީސް ނަޝީދަކީ އެތަކެއް ހުނަރެއް ލިބިގެންވާ ކުޅަދާނަ ބޭފުޅެކެވެ. އެކަން މިލަވައިންވެސް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އެމަނިކުފާނުގެ ހިތްގައިމު އަޑުފުޅުން ކިޔާފައިވާ މި ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

View post on Twitter

މި ލަވަ ރައީސް ނަޝީދުގެ އަޑުފުޅުން އަސަރާއެކު ކިޔާފައިވާއިރު، ހީވަނީ އެމަނިކުފާނުގެ އަމިއްލަ ދިރިއުޅުން ޅެމެއްގެ ސިފައިގައި ކިޔައިދޭހެނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside