logoEN
Sto top
ބަންގީގެ އަޑު އިވިގެން އިސްލާމްދީން ގަބޫލުކުރި ޒުވާނެއްގެ ވާހަަކަ

ބަންގީގެ އަޑު އިވިގެން އިސްލާމްދީން ގަބޫލުކުރި ޒުވާނެއްގެ ވާހަަކަ

އައިޝަތު އިފާޝާ

logo

6/17/2023, 5:00:09 AM

FyrrQ0qWwB8clTv

އިސްލާމްދީން ގަބޫލުކުރުމަށްފަހު މިހާރު "ސަމީރު" ނަމަކަށް ކިޔާ މި މީހާ މިވަނީ އޭނާ އިސްލާމްދީނާމެދު ޝައުގުވެރިކަން އުފެދުނު ގޮތާއި އިސްލާމްދީން ގަބޫލުކުރުމުގެ ދަތުރުގެ ވާހަކަ ހިއްސާކޮށްފައެވެ.

Wamco

އިންގްލެންޑްގެ ވޭލްސް އަށް ނިސްބަތްވާ ސަމީރުއަށް ބަންގީގެ އަޑު އެންމެ ފުރަތަމަ އިވުނީ، ޗުއްޓީއަކަށް އޭނާގެ ރައްޓެހިންނާއެކު ތުރުކީވިލާތަށް ކުރި ދަތުރުގައި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ވަގުތުން އެކަމަށް ސަމާލުކަން ދެވުނެވެ. އަދި އެކަމާ ގުޅިގެން މީހުންނާ ސުވާލުކޮށް ބަންގިއާ ގުޅޭ މައުލޫމާތު އޭނާ ހޯދިއެވެ.

ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ވޭލްސްއަށް ދިއުމަށްފަހު އިސްލާމްދީނާ ބެހޭ ގޮތުން ދިރާސާ ކުރަން ފެށި ކަމަށް ސަމީރު ބުނެފައިވެއެވެ. އެގޮތުން ކީރިތި ޤުުރުއާނާއި އިސްލާމްދީނުގެ ކަންތައްތަކާ ގުޅޭ ގޮތުން ދިރާސާ ކުރުމަށްފަހު އިސްލާމްދީން ގަބޫލުކޮށް މުސްލިމަކަށްވާން އޭނާ ނިންމިއެވެ. އަދި އިސްލާމްދީން ގަބޫލުކުރުމުގެ ކުރިން ތަރާވީޚް ނަމާދުކޮށް ރަމަޟާން މަހު ރޯދަ ހިފަން ފެށިއެވެ.

އަދި އޭގެ ފަހުގައި އިސްލާމްދީން ގަބޫލުކޮށް އޭނާގެ ދިރިއުޅުން އޮސްޓްރޭލިއާއަށް ބަދަލުކުރިއެވެ. އެތަނުގައި ހުރި ކީރިތި ޤުރުއާނާއި ދުއާތައް އޭނާ ދަސްކުރިއެވެ. ސަމީރު ބުނާ ގޮތުގައި އޭނާ އިސްލާމްދީން ގަބޫލުކުރުމަކީ އޭނާގެ އާއިލާ ރުހޭ ކަމެއް ނޫނެވެ.

އިސްލާމްދީން ގަބޫލުކުރުމަށްފަހު މިހާރު ސަމީރަކީ އެހެން މީހުންނަށް އިސްލާމްދީނަށް ދައުވަތު ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރާ ޒުވާނެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside