logoEN
Sto top
ކާފަ ދަރިއެއްގެ މަތީ ތަޢުލީމަށް ފައިސާ ހޯދުމަށް އަމިއްލަ ގެދޮރު ވިއްކާލި ކާފަޔަކަށް ގިނަ ބަޔެއްގެ ސަމާލުކަން

ކާފަ ދަރިއެއްގެ މަތީ ތަޢުލީމަށް ފައިސާ ހޯދުމަށް އަމިއްލަ ގެދޮރު ވިއްކާލި ކާފަޔަކަށް ގިނަ ބަޔެއްގެ ސަމާލުކަން

mumbai-auto-driver-funds

ކާފަ ދަރިއެއްގެ މަތީ ތަޢުލީމަށް ފައިސާ ހޯދުމަށް އަމިއްލަޔަށް ދިރިއުޅެމުން އައި ބޯހިޔާވަހިކަން ވިއްކާލި އިންޑިޔާގެ އޮޓޯ ޑްރައިވަރަކަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އަދި ހެޔޮ އެދޭ ފަރާތެއްގެ އިސްނައިގެން ކުރި މަސައްކަތުން ފަންޑެއް ހުޅުވައިގެން، މި ކާފައަށް އެހީގެ ގޮތުގައި 24 ލައްކަ އިންޑިޔާ ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.

Wamco

އުމުރުން 74 އަހަރުގެ ދޭޝްރާޖް، އޭނާގެ ދެ ފިރިހެން ދަރިން މިދުނިޔެއާއި ވަކިވުމުން، ކާފަ ދަރިންނާއި މުޅި އާއިލާ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ވަނީ ނަގާފައެވެ.

އުމުރުން ދުވަސްވެފައިވާ މުސްކުޅި ކާފައެއް، ކާފަދަރިއަކަށް ތަޢުލީމު ފޯރުކޮށްދިނުމަށް އަމިއްލަޔަށް ދިރިއުޅެމުން އައި ގެ ވިއްކައި ވެފައިވާ މި ބޮޑު ޤުރުބާނީގެ ވާހަކަ، ހެޔޮއެދޭ ފަރާތަކުން އިންޓަނެޓްގައި ޖަހައި، ފަންޑެއް ހުޅުވުމުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ހިތްތަކާއި ކުޅެ، ގިނަ ބަޔެއްގެ ސަމާލުކަމަށް އައިސް ހިތްއެދޭ ފަރާތްތަކުގެ ދީލަތި އެހީ ވަނީ އޮހިގެން ގޮސްފައެވެ. މިގޮތުން އިންޓަނެޓްގެ ޒަރީއާއިން ހުޅުވާލެވުނު ފަންޑުން، 24 ލައްކަ އިންޑިޔާ ރުފިޔާގެ ޗެކް ވަނީ އޮޓޯ ޑްރައިވަރާ މިހާރު ހަވާލުކޮށްފައެވެ.

އޮޓޯ ޑްރައިވަރ ދޭޝްރާޖްގެ އާދަޔާ ޚިލާފު ވާހަކައަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައެވެ. މިވާހަކަ އާއި އެކު ދޭޝްރާޖްގެ ޕްރޮފައިލްގެ ހޭންޑްލް އަކަށް ހިއުމަންސް އޮފް ބޮމްބޭ އިންޓަނެޓްގައި ބޭނުންކޮށްފައި ވެއެވެ. އިންޓަނެޓްގައި ހިއްސާކުރެވުނު ޕޯސްޓުގައި ދޭޝްރާޖް ބުނެފައިވާގޮތުން ކާފަ ދަރިފުޅުގެ މަތީ ތަޢުލީމަށް ބޭނުންވާ ފައިސާ ހޯދުމަށް އޭނާ ވަނީ އޭނަ ކުޑައިރުއްސުރެ އުޅެ ބޮޑުވި، އަދި ދިރިއުޅެމުން އައި ބޯހިޔާވަހިކަން ވިއްކާލާފައެވެ. އަދި މިހާރު ނިދައި ކަންތައް ކުރަމުން އަންނަނީ އޭނާގެ އޮޓޯގައެވެ. ދޭޝްރާޖްގެ މިއާދަޔާ ޚިލާފު ހިތްވަރުގަދަ ވާހަކައާއި ގުޅިގެން އިންޓަނެޓް ބޭނުންކުރާ ގިނަ ފަރާތްތަކެއް ވަނީ އޭނާ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޓަރނެޓްގައި ފަންޑު ހުޅުވި ފަރާތުގެ އަމާޒަކީ ދޭޝްރާޖަށް އަލުން ބޯހިޔާ ވަހިކަމެއް ހޯދައި ދިނުމެވެ. މިގޮތުން އޭނާގެ މަސައްކަތް ވަރަށް ފުރިހަމަޔަށް ކާމިޔާބުވެ 24 ލައްކަ އިންޑިޔާ ރުފިޔާ އެހީގެ ގޮތުގައި ވަނީ ލިބިގެން ގޮސްފައެވެ. ދޭޝްރާޖަށް ވެފައިވާ އެހީތެރިކަމަކީ އިންސާނިއްޔަތަށް ކުރެވެވިފައިވާ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި، ފަންޑު ހުޅުވި އިންޓަރނެޓް ޕޭޖުން އެ ޕޭޖުގައި ފާހަގަކޮށްފައި ވެއެވެ.

އިންޓަރނެޓްގެ ޒަރީއާއިން ހިންގުނު ފައިސާގެ އެހީތެރިކަން ހޯދުމުގެ ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމުން، ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑިޔާގައި އުފާ ފާޅުކޮށްފައެވެ. ގިނަ ފަރާތްތަކެއް ކޮމެންޓް ކޮށްފައިވާ ގޮތުގައި، ކުޑަ ކުޑަ އަދަދެއްގެ ފައިސާކޮޅަށް އިންސާނިއްޔަތަށް ކޮންމެ ފަރުދަކު ޚަރަދުކޮށްގެން ދޭޝްރާޖަށް އެހީވާން ހިންގުނު ކެމްޕެއިނުން، ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދިފައެވެ. މިއީ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ވަކި ވަކި ފަރުދެއްގެ ކުޑަ ކުޑަ އެހީއަކުން، ބޮޑު ތަފާތެއް މީހެއްގެ ދިރިއުޅުމަށް ގެނެވި، އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުމަކީ ހާޞިލް ކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ފަރާތްތަކެއް އަންނަނީ ފާހަގަކުރަމުންނެވެ.

undefined

މީގެ މަދު އަހަރުތަކެއް ކުރިން، މުސްކުޅި އުމުރުގައި ލިބިފައިވާ، ޒުވާން 2 ފިރިހެން ކުދިން މަރުވެ، މުޅި އާއިލާގެ ހުރިހަ މެމްބަރުންނަށް ކާބޯތަކެތި އަދި ކާފަ ދަރިންގެ ތަޢުލީމު އަދި އެހެނިހެން ޒިންމާ އުފުލަން ޖެހިފައިވާ ހަމައެކަނި ފަރާތަށް ދޭޝްރާޖް ވެފައިވެއެވެ. މީގެ އިތުރުންވެސް އަމިއްލަ އަނބިމީހާ ބަލިވެ، ބޮޑު ޚަރަދުތަކެއް ބަލީގެ ފަރުވާއަށް ހޭދަކުރަން ޖެހިފައިވުމުން، ދޭޝްރާޖްގެ މާލީ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައި ވެއެވެ.

މުޅި ދުވަހު ހަތަރުދަމު، ދޭޝްރާޖް ދުއްވަ އޮޓޯ މުޅި މުމްބައީގެ މަގުތަކުގައި ދުއްވައިގެން މަހެއްގެ މައްޗަށް އޭނާއަށް ލިބެނީ އެންމެ 10000 ރުޕީސް ގެ އާމްދަނީ އެކެވެ. މިއާމްދަނީ އިން އާއިލީ ޚަރަދުތަކާއި އެހެނިހެން ޚަރަދުތައް މުޅިން ދެކޮޅު ނުޖެހެއެވެ. މިހުރިހާ ކަމެއް މިހެން ހުރިކަމުގައި ވީނަމަވެސް އަންހެން ކާފަދަރީގެ ތަޢުލީމު އަދި ކާފަދަރީގެ ހުވަފެން ކާމިޔާބު ކުރުމަށް ދޭޝްރާޖް ގަދައަޅައި މަސައްކަތް ކޮށްފައިވެއެވެ. އަންހެން ކާފަ ދަރިފުޅުގެ ހުވަފެނަކީ ބޮޑުވެގެން ޓީޗަރަކަށް ވުމެވެ. ދޭޝްރާޖުގެ ނުގުޑާ އަޒުމާއި، ހިތްމަތާއި މިންނަތުން، ދަތި ހާލުގައި އުޅެމުން، އަމިއްލަ ގެޔާއި ގެދޮރު ވިއްކައިގެންވެސް، ކާފަ ދަރިފުޅުގެ ތަޢުލީމަށް ބޮޑު ހޭދަޔެއް ދޭޝްރާޖް ވަނީ ކޮށްފައެވެ.

ގިނަބަޔެއްގެ ސަމާލުކަން މިމުސްކުޅި އޮޓޯ ޑްރައިވަރަށް ހުއްޓި، އޭނައަށް އެހީތެރިވުމަށް ހިންގުނު ކެމްޕެއިން މިހާބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ ފައިސާ މީހުން ހަދިޔާކުރުމުގެ ފަހަތުގައި ވަނީ، ދޭޝްރާޖުގެ ހިތްވަރެވެ. ދަރިފުޅުގެ ތަޢުލީމަށްޓަކައި ވެފައިވާ ބޮޑު ޤުރުބާނީއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside