
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުގެނެވޭނީ މަސްވެރިންނާއި ގާތުން މަސައްކަތް ކޮށްގެން - ގާސިމް
FyuWMkQaYAIOmIA
ދިވެހި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެވޭނީ މަސްވެރިންނާއި ގާތުން މަސައްކަތް ކޮށްގެން ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަސްވެރިންތަަކަކާ އެކީ ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ގާސިމް ވިދާޅުވީ، ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެކި ދަތިތަށް ހައްލުކުރުމުގައި ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސް ވަނީ އެކި މިންވަރަށް އިހުމާލުވެފައެވެ.
އެކަންކަމަށް ހައްލު ގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ކުރިމަތިލައްވާއިރު، އިންތިޚާބުން ހޮވިއްޖެ ނަމަ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެތައް ގޮތަކުން މަސްވެރިން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.