
ވީޑިއޯ: ނުކުޅެދުންތެރިކަން ހުއްޓަސް މިއީ ހީރޯއެއް، ވަޅި ހިފައިގެން ފޭރެން އައި މީހަކާ ކުރިމަތިލީ ހިތްވަރާއެކު
New Project (21)
ފޭރެން އައި މީހެއް ކިބައިން ބަސް ޑްރައިވަރު ސަލާމަތްކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ބަހެއްގެ ތެރެއަށް ވަޅިއެއް ހިފައިގެން ހުރި މީހަކު އައިސް ބަހުގެ ޑްރައިވަރަށް ހަމަލާދީ ފޭރެން އުޅޭ މަންޒަރެވެ. ބަހުގެ ޑްރައިވަރު އެމީހާއާ ކުރިމަތިލައި ފޭރެން އައި މީހާ ބަހުން ބޭރުކުރާ މަންޒަރުވެސް އެވީޑިއޯއިން ފެނިގެންދެއެވެ.
އަދި އެ ބަހުގައި އެވަގުތު އިން ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަހުގެ ކުރިއަށް އައިސް ޑްރައިވަރަށް އެހީތެރިވެދޭ މަންޒަރުވެސް އެވީޑިއޯއިން ފެނިގެންދެއެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ އެކުއްޖާގެ ހިތްވަރަށް ސާބަސްދެމުންނެވެ.