logoEN
Sto top
އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުވާނެ - ގާސިމް

އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުވާނެ - ގާސިމް

އައިޝަތު އިފާޝާ

logo

6/10/2023, 6:30:53 AM

DSC_2620

ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Wamco

ގާސިމް މިހެން ވިދާޅުވީ، އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމުގެ އިތުރުން ކެމްޕެއިން ސްލޯގަންއާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ މެނިފެސްޓޯގެ ބައެއް ވައުދުތައް ވަނީ ހާމަކޮށްފައެވެ.

ގާސިމް ވިދާޅުވީ، ގައުމަށް ދިމާވެފައިވާ ކަންބޮޑުވުންތަކާއި، ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ އުނދަގޫ ހާލަތްތަކުން އަރައިގަނެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

ގާސިމް އިބްރާހިމްގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމްގެ އިތުރުން އުމަރު ނަސީރެވެ.

އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކުރިމަތި ލައްވާނެ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside