logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ހުއްޓޭކޮޑާއާއި ފެނަކަ ވާދަކުރި މެޗު އެއްވަރު

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް : ހުއްޓޭކޮޑާއާއި ފެނަކަ ވާދަކުރި މެޗު އެއްވަރު

އަހުމަދު ޝުރާއު

logo

2/23/2021, 11:00:08 PM

DSC_4299

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު ފެނަކަ ރެކްރިއޭޝަން ކްލަބާއި ހުއްޓޭކޮޑާ ކުޅުނު މެޗު އެއްވަރު ކޮށްފި އެވެ.

ގޮސިޔާ

މުބާރާތުގެ ފުރަތަމަ ރޭގެ ދެވަނަ މެޗު އެއްވަރުވީ 13-13 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައި އެވެ. އަދި މި މެޗު ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ހުއްޓޭކޮޑާއިންނެވެ. އަދި ފެނަކަ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ހުއްޓޭކޮޑާގެ ގޯލަށް އަމާޒުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 7-3 ގެ ނަތީޖާއަކުން ހުއްޓޭކޮޑާ ކުރީގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ފެނަކަ އިން ވަނީ ކުޅުން ވަރުގަދަކޮށް މެޗު ނިމުނު އިރު ނަތީޖާ އެއްވަރު ކޮށްފައިއެވެ.

މިމެޗުގެ ގޯލުތަށް ހުއްޓޭކޮޑާއަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 10) ޔާދަވް ޖާންވީ 10 ގޯލް ، (ޖާޒި ނަމްބަރު 6) ޝަރްމާ އަނޫރާދާ 2 ގޯލް ، ( ޖާޒީ ނަމްބަރު 3) ޝައުރަތް އިބްރާހީމް 1 ގޯލް އެވެ. އަދި ފެނަކަ ރެކްރިއޭޝަން ކްލަބްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 10) ފާތިމަތު ސިނާ 4 ގޯލް އަދި ( ޖާޒީ ނަމްބަރު 13) ފާތިމަތު މަޒިއްޔާ 5 ގޯލް އަދި (ޖާޒީ ނަމްބަރު 7) އައިޝަތް އިނާޝާ 4 ޖޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ހުއްޓޭކޮޑާގެ ޖާޒީ ނަމްބަރު 10 އެއް ، ޔާދަވް ޖާންވީ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ