logoEN
cocacola
300 ފޫޓަށްވުރެ ފުން ވަޅަކަށް ވެއްޓި އުމުރުން 2 އަހަރުގެ ކުއްޖަކު މަރުވެއްޖެ

300 ފޫޓަށްވުރެ ފުން ވަޅަކަށް ވެއްޓި އުމުރުން 2 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އައިޝަތު އިފާޝާ

logo

6/8/2023, 9:30:36 PM

New Project (13)

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސެހޯރުގައި 300 ފޫޓުގެ ފުން ވަޅެއްގެ ތެރެއަށް ވެއްޓުނު އުމުރުން 2 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ހަށިގަނޑު ނަގައިފިއެވެ.

ގޮސިޔާ

އެކުއްޖާ ވަޅަށް ވެއްޓިފައިވަނީ ކުޅެން އުޅެނިކޮށް މީގެ ތިން ދުވަސް ކުރިންނެވެ. އެކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ކޮށްފައިވާއިރު، އެކުއްޖާގެ ހަށިގަނޑު ނަގާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކުއްޖާގެ ހަށިގަނޑު ނަގާފައިވަނީ ރޮބޮޓެއް ބޭނުންކޮށްގެންނެވެ. އެކުއްޖާ ސަލާމަތް ކުރުމަށް ހިންގި ރެސްކިއު އޮޕަރޭޝަން 50 ގަޑިއިރަށްވުރެ ދިގުވެގެން ދިޔައެވެ. 300 ފޫޓުގެ އެ ވަޅަށް އެކުއްޖާ ވެއްޓި އެންމެ ފުރަތަމަ ތާށިވެފައިވަނީ 40 ވަރަކަށް ފޫޓުގައި ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އެކުއްޖާގެ ހަށިގަނޑު ނަގާފައިވަނީ 100 ފޫޓު އަޑިން ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން، އެ ދަނޑުބިމުގެ ވެރިފަރާތާ ދެކޮޅަށް ވަނީ ދައުވާ އުފުލާފައެވެ. އަދި 300 ފޫޓު އަޑިއަށް ބޯހޯލްއެއް އަޅައި ސަލާމަތީ ފިޔަވަޅު އަޅާފައި ނުވާތީ އެކުއްޖާގެ މަރުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ