logoEN
cocacola
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް: އައުޓްލޯޒްއިން ފެށުން ރަނގަޅު ކޮށްފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް: އައުޓްލޯޒްއިން ފެށުން ރަނގަޅު ކޮށްފި

އަހުމަދު ޝުރާއު

logo

2/23/2021, 9:44:45 PM

DSC_9113

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޝައިން ސްޕޯޓްސް ކްލަބްގެ މައްޗަށް އައުޓްލޯޒް ކުއީންސްއިން ކުރިހޯދައި މުބާރާތުގައި ފެށުން ރަނގަޅު ކޮށްފި އެވެ.

ގޮސިޔާ

މިރޭ ތިނަދު އާރް އަވަށު ދަނޑުގައި ކުޅުނު މި މެޗު އެޓީމު ކާމިޔާބުކުރީ 13-7 ގެ ނަތީޖާއަކުން ޝައިން ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައި އެވެ.

މިމެޗުގެ ގޯލުތަށް އައުޓްލޯޒްއަށް ކާމިޔާބުކޮށްދިނީ (ޖާޒީ ނަމްބަރު 8) ޔަސްފާ އާދަމް 6 ގޯލް ، (ޖާޒި ނަމްބަރު 6) އަފާ އަލި 2 ގޯލް ، ( ޖާޒީ ނަމްބަރު 9) ނުހާ އަހުމަދު 1 ގޯލް ، (ޖާޒީ ނަމްބަރު 13) ފާތިމަތު ނިއުޝާ 4 ގޯލް އެވެ. އަދި ޝައިން ސްޕޯޓްސް ކްލަބްގެ ގޯލުތަށް ކާމިޔާބުކޮށްދިނީ ( ޖާޒީ ނަމްބަރު 5) ހުސްނާ ހަސަން 4 ގޯލް އަދި ( ޖާޒީ ނަމްބަރު 18) ފާތިމަތު އުނޫޝާ 1 ގޯލް އަދި (ޖާޒީ ނަމްބަރު 19) ތާއިލާ އަލީ 1 ޖޯލް އެވެ.

މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ އައުޓްލޯޒް ކުއީންސްގެ ޖާޒީ ނަމްބަރު 8 އެއް ، ޔަސްފާ އާދަމް އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ