logoEN
cocacola
އަފްގާނިސްތާނުގެ މިސްކިއްތެއްގައި ބޮމެއް ގޮއްވާލައިފި

އަފްގާނިސްތާނުގެ މިސްކިއްތެއްގައި ބޮމެއް ގޮއްވާލައިފި

އަހުމަދު ޝުރާއު

logo

6/8/2023, 8:10:46 PM

Screenshot 2023-06-08 at 19.56.24

އަފްޣާނިސްތާނުގެ އުތުރުއިރުމަތީގެ މިސްކިތެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިފި އެވެ.

ގޮސިޔާ

ރިޕޯޓްތައް ބުނާ ގޮތުން މަރުވި ނުވަތަ ޒަހަމްވި މީހުންގެ ތެރޭގައި ތާލިބާނުންގެ ލޯކަލް އޮފިޝަލުންތަކެއް ވެސް ހިމެނެ އެވެ.

އެ ގައުމުގެ އޮފިޝަލަކު ވިދާޅުވީ ބޮން ގޮއްވާލާފައިވަނީ މި ހަފުތާގެ ކުރީކޮޅު ކާރު ބޮމެއް ގޮއްވާލައިގެން މަރުވި ބަދަޚްޝާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ ޖަނާޒާގެ ތެރެއިން ކަމަށެވެ.

އައިއެސްގެ ހަނގުރާމަވެރި ޖަމާއަތުން ބުނީ ކާރު ބޮމުގެ ހަމަލާ ދިނީ އެ މީހުން ކަމަށެވެ.

ތާލިބާނުންގެ ލޯކަލް ހެޑް އޮފް އިންފޮމޭޝަން މުއިޒުއްދީން އަހުމަދީ ވިދާޅުވީ ޕްރޮވިންސްގެ ވެރިރަށް ފާއިޒާބާދުގައި މިސްކިތެއް ގޮއްވާލި ހާދިސާގައި މަރުވެފައިވަނީ ކިތައް މީހުންކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އެތައް ބަޔަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އެ މިސްކިތުގައި ތާލިބާނުންގެ ލޯކަލް ދެ އޮފިޝަލަކު މަރާލާފައިވާ ކަން ދެ ފަރާތަކުން ބީބީސީއަށް ކަށަވަރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި އުތުރު ބަގްލާން ޕްރޮވިންސްގެ ކުރީގެ ޕޮލިސް ކޮމާންޑަރު ވެސް ހިމެނެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޮން ގޮއްވާލުމަށް ފަހު ބަޑީގެ އަޑު އިވިފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ