logoEN
cocacola
ޑެސްފަރަލް ހުސްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

ޑެސްފަރަލް ހުސްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

6/8/2023, 5:16:13 PM

243774_3_e3f5a2a1ec6de0bdcbd9bc9ee616a6aa4429d8ea_medium

ރާއްޖެއިން ޑެސްފަރަލް ހުސްވެ، ޑެސްފަރަލް ނުލިބެން ދިމާވީ ސަރުކާރުގެ އިހުމާލުން ކަމުގައި ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީން އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ގޮސިޔާ

އެމް.އެން.ޕީ ގެ ރައީސް މުޙައްމަދު ނާޒިމް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޑެސްފަރަލް ނުލިބުމުގެ ޝަކުވާ، ތެލެސީމިއާ ކުދިންނާ އެކުދިންގެ ޢާއިލާއިން ކުރަމުންދާކަން އެ ޕާޓީގެ ސަމާލުކަމަށް އައުމާ ގުޅިގެން އެކަމާ ގުޅޭ މަޢުލޫމާތު ހޯދުމުން، ރާއްޖޭގައި ހުރި ޑެސްފަރަލްގެ ސްޓޮކް ފާއިތުވި މޭމަހު މުއްދަތު ހަމަވެ، ރާއްޖޭގައި މިހާރު ޑެސްފަރަލް ލިބެން ނެތްކަން ޔަޤީންކުރެވިފައިވާ ކަމުގައެވެ.

އެމް.އެން.ޕީ އިން މަޖިލީހުގެ ކޮމިޓީއަށް މި މައްސަލަ ހުށަހަޅަމުން ބުނެފައިވަނީ ޑެސްފަރަލް އަކީ ތެލެސީމިއާ ބަލިކުދިންނަށް ވަގުތުން ވަގުތަށް ލިބެން ހުރުން ކޮންމެހެން ބޭނުންވާ ބޭހަކަށްވާތީ، މި ފަދައިން ޑެސްފަރަލް ހުސްވެ، ނުލިބޭ ޙާލަތަކަށް ނުދާނޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައެވެ.

އެހެންކަމުން އެމް.އެން.ޕީ އިން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި އެދިފައިވަނީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ޑެސްފަރަލް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، މިފަދަ ޙާލަތެއް ތަކުރާރު ނުވާނެހެން މިކަމާ ގުޅޭ އިދާރާތަކުގެ ކަންކަން ތަރުތީބުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަަޅުއްވައިދެއްވުމަށެވެ. އަދި ޑެސްފަރަލް ހުސްވެ ނުލިބެން ދިމާވި މައްސަލަ ބަލައި ފިޔަވަޅު އަޅުއްވައިދެއްވުމަށްވެސް އެމް.އެން.ޕީ އިން އެދިފައި ވެއެވެ.

އެމް.އެން.ޕީ އިން ބުނީ ޑެސްފަރަލް ހުސްވި މައްސަލާގައި، ރާއްޖޭގެ މީޑިއާތަކުން މިިސްޓްރީ އޮފް ހެލްތާ، ނެޝަނަލް ތެލެސީމިއާ ސެންޓަރާ ކުރިމަތި ކުރުވި ސުވާލުތަކަށް އެ އިދާރާތަކުން ޖަވާބެއް ދެއްވާފައި ނުވުމަކީ، އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ދައްކައިދޭ ކަމެއްކަމަށެވެ.

އެމް.އެން.ޕީ އިން މިހާރު ދަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާންކޮށް ކެމްޕެއިން ކުރަމުންނެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. ނާޒިމްގެ ރިޔާސީ ވަޢުދުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވަޢުދަކީ ޞިއްޙީ ދާއިރާގެ ވަޢުދެކެވެ. އެއީ ޞިއްހީ ޚިދުމަތް ލިބުމުގައި މަޤާމާއި ޙައިސިއްޔަތުގެ ތަފާތު ނައްތާލައި، އެ ޚިދުމަތުގައި އެންމެން ހަމަހަމަ ކުރުމެވެ.

ނާޒިމް ރިޔާސީ ކެމްޕޭން "އުޖާލާ ޒަމާން" ނަމުގައި ފަށައި، އުޖާލާ މެނިފެސްޓޯވެސް މިހާރު ވަނީ ލޯންޗުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ