logoEN
ކޮކާކޯލާ
ގާސިމްއަށް ރިޔާސީ ޓިކެޓު އަރުވާ ޖަލްސާ ވެގެންދާނީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް!

ގާސިމްއަށް ރިޔާސީ ޓިކެޓު އަރުވާ ޖަލްސާ ވެގެންދާނީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް!

އަހުމަދު ޝުރާއު

logo

6/8/2023, 5:04:44 PM

DSC_0624

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެރުވުމަށް ބާއްވާ ޖަލްސާ ވެގެންދާނީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާއަށްކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.

އަބުޅޯ

ގާސިމްއަށް ރިޔާސީ ޓިކެޓު އެރުވުމަށް ޖޭޕީއިން ބާއްވާ ޖަލްސާ ތާވަލްކޮށްފައިވަނީ މާދަމާ ރެއަށެވެ. މި ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައި އެވެ.

މި ޖަލްސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ޖޭޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް ވެގެންދާނެ ކަމަށާއި މި ޖަލްސާގައި ތަފާތު އެކި ކަންކަން ފެނިގެންދާނެ ކަމަށެވެ.

" މި ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ، މިއަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް. ރިޔާސީ ޓިކެޓެއް އެރުވުމަށްޓަކާ ބޭއްވާ އެންމެ ފުރިހަމަ، އެންމެ އާދަޔާ ހިލާފު އެއް ޖަލްސާ އަށް މި ޖަލްސާ ވެގެންދާނެ " ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ މި ޖަލްސާއަށް ޕާޓީއިން ރަށްރަށުން މީހުން ނުގެންނާނެ ކަމަށާއި ނަމަވެސް ޖޭޕީއަށް ނިސްބަތްވާ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ.

ޤާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓި ދީފައިވަނީ ރިޔާސީ ޕްރައިމެރީއަކާއި ނުލައި އެވެ. އެއީ އެޕާޓީގެ ރިޔާސީ ޕްރައިމެރީއަށް އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވުމާއި އެކުގައި އެވެ.

މިއަހަރުގެ ރިޔާސީ ރޭހުގައި ބައިވެރިވުމަށް މިހާތަނަކަށް ޖުމުލަ 5 ބޭފުޅަކު ވަނީ ނިންމާފައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައީސް ޔާމީން އަބްދުލްގައްޔޫމްއާއި ގާސިމް އިބްރާހީމްގެ އިތުރުން މުހައްމަދު ނާޒިމް އެވެ.

މިބޭފުޅުންގެ ތެރެއިން ޔާމިން އަބްދުލްގައްޔޫމް މިހާރު ހުންނެވީ ޖަލު ހުކުމެއްގައި އެވެ. މިއާއިއެކު އިންތިހާބުގައި ޔާމިންއަށް ބައިވެރިވުމުގެ ފުރުސަތު އަދި ކަށަވަރުވެގެން ގޮސްފައި ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ