logoEN
ޕީއެންސީ 2
އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް 2021 ރަސްމީކޮށް ފަށައިފި

އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް 2021 ރަސްމީކޮށް ފަށައިފި

އަހުމަދު ޝުރާއު

logo

2/23/2021, 8:48:25 PM

DSC_4103

ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް މުބާރާތް 2021 ރަސްމީކޮށް ފަށައިފި އެވެ.

ޝަރީ 2024

މި މުބާރާތް ފެށިގެން ގޮސްފައިވަނީ މިހާރު ތިނަދޫ އާރު އަވަށު ދަނޑުގައި ކުޅެމުންދާ މުބާރާތުގެ ފުރަތަމަ މެޗާއި އެކުގައި އެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ތިނަދޫ ކެމްޕަހުގެ މެނޭޖަރު މުހައްމަދު ޝަމީމް އާދަމް އެވެ.

މިއަހަރުގެ މުބާރާތުގެ ޝީއާރުތަށް ޚާއްސަ ކޮށްފައިވަނީ ޖެންޑަރ މިނިސްޓްރީއިން ކުރިޔަށް ގެންދާ " ގެވެށި ގުޅުން" ހެ ޝިޔާރުތަކަށެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅެމުން ދާ ފުރަތަމަ މެޗުގައި ވާދަކުރަނީ ގްރޫޕް އޭގެ ޝައިން ސްޕޯޓްސް ކްލަބްއާއި އައުޓްލޯޒް ކުއީންސް އެވެ.

undefined

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެ ޓީމް ލިސްޓު ހުށަހަޅާފައިއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ތެރޭގައި ތިނަދޫއަށް ނިސްބަތްވާ 7 ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ 2 ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަށް

ޝައިން ސްޕޯޓްސް ކްލަބް

އައުޓްލޯޒް ކުއީންސް

ގައްދޫ ވުމެންސް ހޭންޑްބޯލް

ހޭޔަންބޯ

ޓީމް ފެނަކަ

ހޯބަހަކުން

އެވިޑް ސްޓޫޑެންޓް ކައުންސިލް

ހުއްޓޭކޮޑާ

ހޯނޑެއްދޫ ހޭންޑްބޯލް ކްލަބް

ފިޓް ފެމިނިން

ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ( އެސްޓީއޯ ) އެވެ.

މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ