logoEN
cocacola
ބުރަަ މަސައްކަތުން ފައްކާކުރާ ދިރިއުޅުން، "ބިޒީވެ" ތިބެ ވީރާނާ ވާން ދޫކޮެއްލަނީ !

ބުރަަ މަސައްކަތުން ފައްކާކުރާ ދިރިއުޅުން، "ބިޒީވެ" ތިބެ ވީރާނާ ވާން ދޫކޮެއްލަނީ !

ގާފު އެޑިޓޯރިއަލް

logo

11/15/2020, 9:33:34 AM

ފުރާނަފަދަ ދަރިންނާއެކު ހޭދަ ކުރާ ވަގުތަކީ އަގުނުކުރެވޭނޭ ފަދަ ވަގުތު ތަކެކެވެ. އަނބިދަރިންނާއެކެ ހޭދަކުރާ ވަގުތުތަކަކީ ކުދިން ތަރުބިއްޔަތު ކުރުމުގައި އެކަކު އަނެކަކަށް ވެވޭނެ އެންމެ ބޮޑު އެއް އެހީއެވެ. އަދި ލޮބިވެތި އާއިލާ އަކަށް އެ އާއިލާ ހެދުމަށް އެންމެން އެކުގައި ވަގުތު ހޭދަކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ނަމަވެސް ދިރިއުޅުމުގެ މި ދަތުރުގައި ވަގުތު ވެފަި މިވަނީ ވަރަށް ތަދު އެއްޗަކަށެވެ. ހެނދުނު ހޭލާ ގޮތައް ނަލަހެދިގެން ނައްޓާލަން މި ޖެހެނީ ކާންބޯން ކުރަންޖެހޭ މަސައްކްތް ކުރުމަށެވެ. އޮފީހަށް ވަދެ "ސައިން އިން" ވެފައި ކޮފީ އަށް ދިއުން ވާނީ އަދި މުޅިން އެހެން ވާހަކައަކަށެވެ.

ގޮސިޔާ

ޒަމާނަށް އައި ކުރި އެރުންތަކާއެކު މަސައްކަތްތެރި ކަމަށް ވެސް މި ވަނީ ނުހަނު ބޮޑު އިންގިލާބެއް ގެނުވާފައެވެ. މީގެ އަހަރު ތަކެއް ކުރިން މަސައްކަތްތައް ބައްޓަން ކުރެވިފައި ވާގޮތާއި މިހާރާއި އެތަށް ހާސްބައެއް ތަފާތުވެފައި ފަސޭހައެވެ. ޒުވާން އުމުރުގައި މަސައްކަތުގެ މައިދާނަށް ކޮންމެ މީހަކުވެސް މި ނުކުންނަނީ އަމިއްލަ ފައިމައްޗަށް ތެދުވެ އާއިލާ ބެލެހެއްޓުމުގެ މަތިވަރި އަޒުމުގައެވެ. ކައިވެންޏަކަށް ތައްޔާރުވެ މައިދައިތަގެ އާއިލާއިން ބަލާ ވަޒީފާގެ ކެޓަގަރީން ފާސްވޭތޯ ވަޒީފާއަށް ނުކުންނަ ޒުވާނުންވެސް ވަކި މަދެއް ނޫނެވެ.

ލިބޭ އެތިކޮޅު ކުޑަވެގެން ނުވަތަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން އުޅެންޖެހޭ ހާލު ފެނިފައި އިތުރު މަސައްކަތް ކުރަން މަޖުބޫރުވެއެވެ. ނުވަތަ މަސައްކަތްކުރާ އޮފީހުގައި "އޯޓީ" އަަށް ހުންނަން މަޖުބޫރުވެއެވެ. ގިނަ ވަގުތު އޮފީސްގައި ނުވަތަ ބޭރުގައި ހޭދަކުރުމުގެ ނަތިއްޖާއަކަށް ވަނީ ގެޔަށް ދެވޭއިރު ގިނަފަހަރަށް އަނބިދަަރީން ތިބެނީ ނިދާފައިތިބުމެވެ. އެކުގައި ގިނަފަހަރަށް އެކުގައި ކާލެވޭނެ ވަގުތެއް މި އޮންނަނީ ނުވެފައެވެ. ލޯބިވާ ދަރިިންނާ އޮންނަ ގާތް ގުޅުން އޮންނަނީ ހީނަރުވެފައެވެ. ހަމަ އެކަނި ދަރިންނަކާވެސް ނޫނެވެ، ދެމަފިރިންގެ ދެމެދުގައިި އޮންނަ ގުޅުން ކެނޑޭ ހިސާބައްވެސް ދެއެވެ. އެކަކު އަނެކަކު މަތިން ފޫހިވެ ބުރަ މަސައްކަތުން ފައްކާކުރި ދިރިއުޅުން މިޖެހެނީ ކޮށައި ކުދިކޮއްލާށެވެ.

ކޮންމެއަކަސް މީ މި ދިވެހި މުޖްތަމައުގައިވެސް ހިނގަމުން އަންނަ ހިތާމަވެރި ކަމެކެވެ. ހެޔޮނިޔަތެއްގައި ދިރިއުޅުމަކަށް ފަށައިގަންނަ މި ބުރަ މަސައްކަތުގެ ސަބަބުން އާހިރަތުގައި އެ ދިރިއުޅުން "ފުޑާ" ލެވެނީ ވެސް ހަމަ އެހާ ބިޒީވެ ތިބެއެވެ. މީ އިތުރަށް ވިސްނައި ވަގުތު އޮއްވައި އިސްލާހު ކުރަންވީ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ