logoEN
ކޮކާކޯލާ
70،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު މިފްކޯ ރޯދަ ޕްރޮމޯޝަން

70،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު މިފްކޯ ރޯދަ ޕްރޮމޯޝަން

އަހުމަދު ޝުރާއު

logo

2/23/2021, 3:57:42 PM

151670976_2729544757298953_593760861848788258_n

"ފަސްމީރު މާ މީރު" ގެ ނަމުގައި މިފްކޯ އިން މިހަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

އަބުޅޯ

މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 22 މޭއި ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެގޮތުން 200 ރުފިޔާއަށް ވުރެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެންދާ އިރު މި ކޫޕަންގައިވާ ކިޔުއާރް ކޯޑް ސްކޭންކުރުމުން ވެބްސައިޓަށް ވަދެވި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަން ކޯޑް ޖަހަން ޖެހޭނެ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.

މިފްކޯގެ ކޮންމެ ފިހާރައަކުން ތަކެތި ގަތް ކަމުގައިވީނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި އެއް ފަރާތަށް ބޮޑު އިނާމެއް ލިބިގެންދާނެއެވެ. އެގޮތުން މުޅި ޕްރޮމޯޝަންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަށް 70،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.

މިފްކޯއިން ރޯދަ ޕްރޮމޯޝަން ފަށާފައިވާއިރު އެކުންފުނިން ދާދި ފަހުން ވަނީ މަސްދަޅު ކޭސް ވިއްކަމުންދާ އަގު ހެޔޮކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ