
ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލުގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
DXLKK4WVAAAhwfY
ގއ ދެއްވަދޫ ސުލްޠާން މުހައްމަދު ސްކޫލުގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާން ((IUL)22-G/22/2021/40)) ކޮށްފައި ވަނީ އެސްކޫލުގެ 2 ކްލާސްރޫމް، ހެލްތް ރޫމް އަދި ލައިބްރަރީ އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އަދި މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
22 ފެބްރުއަރީ 2021 އިން 02 މާރިޗް 2021 ގެ ނިޔަލަށް މި ޕްރޮޖެކްޓުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000ރ(ފަންސަވީސް ހާސް ރުފިޔާ) ހުށަހަޅަންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.