ޓީއެމްއޭގެ މިސްރާބު އެތެރޭގެ އުދުހުންތަކަށް

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަމުން އަންނަ ކުންފުނި ކަމަށްވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެތެރޭގެ އުދުހުންތަކަށް ނުކުންނަން ނިންމާފައިވާން އިއުލާން ކޮށްފި އެވެ.

ރާއްޖޭގެ ޓުއަރިޒަމް ހަބަރުތަށް ގެނެސްދޭ އެމްވީހޮޓެލްސް.ޓްރެވަލްގައި ޓީއެމްއޭއާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ޓީއެމްއޭ އިން ދަނީ ވީލް ބޭސް އޮޕަރޭޝަން ނުވަތަ ރަންވޭއަށް ޖައްސާ ބޯޓުގެ ހިދުމަތް ފަށަން ތައްޔާރު ވަމުންނެވެ. އެގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އޭޓީއާރު މަތިންދާ ބޯޓު ގެނެސް އެތެރޭގެ އުދުހުންތައް ފަށުމަށް ވަނީ ނިންމާފައި އެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުހުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް އެމްވީހޮޓެލްސް.ޓްރެވަލްގައި ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން ތިންވަނަ ކްއާޓަރުގައި އިތުރު ސީޕްލޭން ގެނެސް، ސީޕްލޭންގެ އަަދަދު 60 އަށް އިތުރު ކުރުމަށް ވެސް ވަނީ ނިންމާފައިއެވެ.

ޓީއެމްއޭގެ އޭޓީއާރް އޮޕަރޭޝަންގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ މި އަހަރު ހުޅުވުމަށް ނިންމާފައިވާ، ޅ. މަޑިވަރު އެއާޕޯޓެވެ. އެ ރަށުގައި ހެނގަރާއި މިނޫންވެސް ވަސީލަތް ގާއިމް ކުރާނެ އެވެ. ޅ. މަޑިވަރު އެއާޕޯޓަކީ ޓީއެމްއޭގެ އެއް ހިއްސާދާރު ކަމަށްވާ ޗަމްޕާ ކުންފުނިން ހިންގުމަށް ނިންމާފައިވާ އެއާޕޯޓެކެވެ.

ޓީއެމްއޭއިން އެތެރޭގެ އުދުހުންތަކަށް ނުހުންނައިރު، މިހާރު ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އާއި ވިލާ އެއާ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް