logoEN
ޕީއެންސީ 2
ފްލައިޓެއް ރީތި ގެއަކަށް ބަދަލުކޮށްގެން ބޭނުންކުރާ ވަރަށް ތަފާތު ހުނަރުވެރި ފަރާތެއް

ފްލައިޓެއް ރީތި ގެއަކަށް ބަދަލުކޮށްގެން ބޭނުންކުރާ ވަރަށް ތަފާތު ހުނަރުވެރި ފަރާތެއް

airplane-home-1

އިލެކްޓްރިކަލް އިންޖިނިއަރެއްގެ ވަޒީފާއިން ރިޓަޔަރ ކޮށްފައިވާ އުމުރުން 64 އަހަރުގެ ބްރޫސް ކެމްޕްބެލް އަކީ އަބަދުވެސް ވަރަށް އުފެއްދުންތެރި ވިސްނުމުގެ ތަސައްވުރެއް ގެންގުޅޭ ވަރަށް ދުރަށް ވިސްނާ ފަރާތެކެވެ.

ޝަރީ 2024

ކެމްޕެލްގެ ދުރުވިސްނުމަށް ބިނާކޮށް، އުމުރުން 20 ގެ އަހަރުތަކުގައި އެމެރިކާގެ އޮރީގޮންގެ ހިލްސްބޯރޯގެ ކޯރެއްގެ ކައިރި ގަސްބޯ ހިސާބަކުން 10 އޭކަރުގެ ބިމެއް 23،000 ޑޮލަރަށް ކެމްޕެލް ވަނީ ގަނެފައެވެ. އަދި ރިޓަޔަރ ވުމަށް ކައިރިވެފައި ވަނިކޮށް، ނީލަމުން ވިއްކާފައިވާ ދުވަސްވީ ފްލައިޓެއްވެސް ކެމްޕެލް ވަނީ ގަނެފައިވެ. އަދި އޭނާގެ އުފެއްދުންތެރި ޚިޔާލު ބޭނުންކޮށްގެން މި ފްލައިޓް އޭނާ ގަނެފައިވާ ބިމަށް ގެންގޮސް، ދުނިޔޭގައިވާ އެންމެ ތަފާތު އިންސާނުން ދިރިއުޅޭ ރީތި ގެއަކަށް އޭނާވަނީ ބަދަލުކޮށްފައެވެ.

undefined

އުފެއްދުންތެރި ވިސްނުން:

ބޭނުންކޮށްފައިވާ އުކާލެވޭ ތަކެތިން ތަފާތު އުފެއްދުންތެރި އާ ތަކެތި އުފެއްދުމަކީ ކުޑައިރުއްސުރެ، ކެމްޕްބެލް ޝައުޤުވެރިވާ ކަމެކެކެވެ. ދުރު ހިސާބެއްގައި ކޯރެއްގެ އައްސޭރީގެ ގަސްބޯ ސަރަޙައްދަކުން އޭނާ ގަނެފައިވާ ބިމުގައި ތަފާތު އުފެއްދުންތެރި ގޮތަކަށް އަމިއްލަ ގެއެއް އެޅުމަކީ ކެމްޕްބެލްގެ ހުވަފެނެކެވެ. އޭގެ ޒަމާންތަކެއްފަހު، ބޯއިންގ 727 ފްލައިޓެއް ގަނެގެން މީހުންނަށް ދިރިއުޅެވޭ ތަފާތު ރީތި ގެއަކަށް ކެމްޕްބެލް ވަނީ ބަދަލުކޮށްފައެވެ. ކެމްޕްބެލް ކުރިން ދިރިއުޅުނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިގައި މުޅިގެ އަދައިގެން ދިޔުމުން، އާ ގެއެއް އެޅުމުގެ ބަދަލުގައި ހަމަހިމޭން ކޯރެއްގެ އައްސޭރިން، އޭނާ ގަނެފައިވާ ބިމަށް، ބޯއިންގ 727 ފްލައިޓް ގެންގޮސް އޭނާގެ އުފެއްދުންތެރި ޚިޔާލުގެ އެހީގައި އާދަޔާ ޚިލާފު ތަފާތު ރީތި ގެއަކަށް ކެމްޕްބެލް ވަނީ ބަދަކޮށްފައެވެ.

ބޯއިންގ 727

1999 ވަނަ އަހަރު އޮލިމްޕިކް އެއަރވޭސް ވިއްކި ބޯއިންގ 727 މަރުކާގެ ބާ ފްލައިޓެއް 100،000 ޑޮލަރަށް ކެމްޕްބެލް ގަނެފައިވެއެވެ. އަދި މި ބޮޑު ފްލައިޓް ގަތުމަށްފަހު، އެކަހެރިކޮށް އޮންނަ އޮރީގޮންގެ ޖަންގަލީގެ ސަރަޙައްދުން އޭނާ ގަނެފައިވާ ބިމަށް ގެންދިޔުން ވެގެން ގޮސްފައިވަނީ އޭނާއަށް ބޮޑު ގެންޖެހުމަކާއި ކުރިމަތިލާން ޖެހުނު ކަމަކަށެވެ. ގްރީކްގެ އެތެންސުން ގަތް މިފްލައިޓް އެމެރިކާގެ އޮރީގޮން އަށް ގެނައުމަށް ޚަރަދެއްގެ ގޮތުގައި 120،000 ޑޮލަރު އޭނާއަށް ހޭދަކުރަން ޖެހުނެވެ. ފްލައިޓް އޭނާ ބޭނުންވާ ހިސާބަށް ގެނައުމާއި، ފްލައިޓުގެ އަގާއެކު 220،000 ޑޮލަރު ކެމްޕްބެލް އަތުން އެކު ޖުމްލަ ޚަރަދުވެފައި ވެއެވެ. މިގޭގެ ރީތިކަމާއި ހިތްގައިމުކަމަށް ބަލާއިރު، ކެމްޕްބެލް ޚަރަދުކޮށްފައިވާ ފައިސާއަކީ ކުރެވުނު ބޭކާރު ޚަރަދެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތެއް ނެތެވެ.

undefined

އެތެރޭގެ އިންޓީރިއަރ

ގެއަކަށް ބަދަލުކޮށްފައިވާ މިފްލައިޓްގެ އެތެރޭގެ އިންޓީރިއަރ އަށް ބަލާއިރު، ފްލައިޓްގެ އަސްލު ކޮންސެޕްޓް ނުގެއްލޭގޮތަށް، ފްލައިޓުގެ ޝީޓުތައް، ކަރަންޓް އަދި އެކިއެކި ނިޒާމްތައް ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އިށީންނަށް ބޭނުންކުރުމަށް، ފްލައިޓްގެ ގޮނޑިތައް ހުރިގޮތަށް ބޭނުންކުރުމުގެ އިތުރުން، ފާޚާނާއަކަށްވެސް ބޭނުންކުރަނީ ފްލައިޓްގެ ފާޚާނާއެވެ. މީގެ އިތުރުންވެސް އެތެރޭގައި ދޮންނަ މެޝިނަކާއި، އަތްދޮންނަ ސިންކެއްވެސް ބަހައްޓާފައި ވެއެވެ. ކެމްޕްބެލްގެ މި ފްލައިޓްގޭގައި ވަރަށް ބޮޑު ޖާގަ އޮވެއެވެ. ނަމަވެސް އޭނާ ދިރިއުޅުނީ ފްލައިޓްގެ ވަކި ބައެއް ގައެވެ.

undefined

undefined

ނިދަން ކެމްޕްބެލް ބޭނުންކުރަނީ ޚާއްސަ ގޮދަނޑިއެކެވެ. ކައްކަން ބޭނުންކުރާ ބައެއް ސާމާނުގެ ތެރޭގައި، މައިކްރޯވޭވްއެއް، ޓޯސްޓަރެއް ހިމެނެއެވެ. އަދި ފްލައިޓުގެ ބައިތައް ތަފާތު ގޮތްގޮތަށް މޮޑިފައިކޮށްގެން ކެއްކުމުގެ އިންތިޒާމް ހަމަޖައްސައެވެ.

އާންމު ގޮތެއްގައި ކެމްޕްބެލް ކެއުމަށް ބޭނުންކުރަނީ، ސީރިއަލް އަދި ދަޅުގައި ބަންދުކޮށްފައި ހުންނަ ކާތަކެއްޗަށް ވުމުން، މާބޮޑެތި ކެއްކުންތަކެއް ކައްކަން ނުޖެހެއެވެ.

ޙާސިލް ކުރެވުންތައް

ފްލައިޓުގައި ދަތުރުކުރުމަކީ ގިނަބަޔަކު ކުރާހިތްވާ ކަމަކަށް ވި ނަމަވެސް މިފަދަ ފްލައިޓެއްގައި ގެއެއްގެ ގޮތުގައި ދިރިއުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. މިފަދަ އަގުބޮޑު ގެއެއްގައި ދިރިއުޅުމުގެ ނަސީބަކީ ކޮންމެ މީހަކަށް ލިބިގެންދާނެ ނަސީބެއް ނޫނެވެ. ނަމަވެސް މިގޭގައި ކެމްޕްބެލް ދިރިއުޅޭ ދިރިއުޅުމަކީ، ވަރަށް ޝައުޤުވެރި އަދި އެއްވެސް މީހަކު އުއްމީދު ނުކުރާހާ ހިންހަމަޖެހޭ ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. އުމުރުގެ ފަހުކޮޅުގައި، ވަޒީފާއިން ރިޓަޔަރ ވުމަށްފަހު، އޭނާ އަބދުވެސް ދިރިއުޅެން ބޭނުންވާ އާދަޔާ ޚިލާފު، ތަފާތު ދިރިއުޅުމެއް ޙާސިލް ކުރެވުމުން ކެމްޕްބެލްއަށް ވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

އަދި ކެމްޕްބެލްގެ ދިރިއުޅޭ އާދަޔާޚިލާފު ގޭގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް މި ލިޔުމާއެކު ހިމެނިފައި ވާނެއެވެ.

https://youtu.be/WrTY5peaMwo

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ