
Cover21 copy
ގްރީސްގެ ރަށެއް ކަމަށްވާ ރޯޑްސްގައި، ޗުއްޓީ ހޭދަކުރަމުންދިޔަ 20 އަހަރުގެ އަންހެނަކު އޮންލައިންކޮށް ބައްދަލުވި މީހަކާއެކު މޫދަށް ގޮސް އުޅެނިކޮށް ރޭޕްކޮށްފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އެ އަންހެން މީހާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ރޯޑްސްގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ގްލިސްޓްރާ ބީޗަށް މޫދަށް އެރިލުމަށް ދިޔައީ އޭނާއާ އޮންލައިންކޮށް ދިމާވި އަލްބޭނިއާ ފިރިހެނަކާ އެކު ކަމަށާއި، އެ ފިރިހެން މީހާ މޫދުގައި އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ.
އެ ޒުވާން އަންހެން މީހާ ބުނި ގޮތުގައި އޭނާ އޮންލައިންކޮށް ވާހަކަ ދައްކަމުން ދިޔަ ފިރިހެން މީހާ ބައްދަލުވުމުގެ ކުރިން ދެ ހަފުތާ ވަންދެން އޮންލައިންކޮށް ވާހަކަ ދައްކަމުން ދިޔަކަމަށެވެ. އަދި ފުރަތަމަ ފަހަރު ރޭޕް ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ގެންގޮސް ދެވަނަ ފަހަރަށްވެސް އަނިޔާކޮށް ރޭޕް ކުރަން މަސައްކަތް ކުރި ކަމަށްވެސް އެ ޒުވާން އަންހެންމީހާ ބުނެފައިވެއވެެ.
މި މައްސަލައާއި ގުޅިގެން އަލްބޭނިއާއަށް ނިސްބަތްވާ އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވީ ނަމަވެސް، އޭނާގެ މައްޗަށް ކުރާ ރޭޕް ކުރުމުގެ ތުހުމަތާއި، ރޭޕް ކުރަން އުޅުމުގެ ތުހުމަތަށް އޭނާ އިންކާރު ކުރެއެވެ.
އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.