logoEN
ޕީއެންސީ 2
އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެ

އައިޝަތު އިފާޝާ

logo

6/3/2023, 2:03:22 AM

230602141319-03-balasore-odisha-india-train-crash-060223

އއިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ މީހުން ޒަޚަމްވެއްޖެއެވެ.

ޝަރީ 2024

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 3 ރޭލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި މިހާތަނަށް 120 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 850 އަށްވުރެ ގިނަ މީހަކު ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުންދާއިރު، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި މީހުން ސަލާމަތް ކުރުމުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓުގައި ބެންގަލޫރު-ހާވަރާ ސުޕަފާސްޓް އެކްސްޕްރެސް އާއި ޝާލިމާރް-ޗެންނާއީ ސެންޓްރަލް ކޮރޮމަންޑެލް އެކްސްޕްރެސް ގެ އިތުރުން މުދާ އުފުލާ ރޭލެއް ވެސް ހިމެނެ އެވެ.

އޮޑިޝާގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ އާ ހަވާލާދީ ނިއުސް އެޖެންސީ އޭއެންއައިއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ 11:45 އާ ހަމައަށް ޒަހަމްވި 850 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ