
މާލެއިން ފުރައިގެން ރ އަތޮޅަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
breaking ބްރޭކިންގް
މާލެއިން ފުރައިގެން ރ އަތޮޅަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެއިން ފުރައިގެން ރ ރަސްގަތީމަށް ދަތުރުކުރި ދޯންޏެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން އެމްއާރްސީސީއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެގޮތުން އަލިފާން ރޯވެފައިވަނީ ހޮރައިޒިއާ2 ނަމަކަށް ކިޔާ ދޯންޏެއްްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެގޮތުން އަލިފާނުގެ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިިބިފައިވަނީ މިރޭގެ 19:16 ހާއިރު އެވެ.
ބޯޓުގައި ރޯވެފައިވަނީ ބ އަތޮޅު ފޯ ސީޒަން ރިސޯޓް އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުންނެވެ.
މިބޯޓުގައި ރޯވިއިރު 10 މީހުން ތިބި އިރު އެއެންމެން މިހާރު ވަނި ފޯ ސީޒަންގެ ލޯންޗަށް ނަގާފައެވެ.
އިތުރު ތަފްސީލް އަންނަނީ ...