
Shujau
ހަތަރު މަސް ފަހުން ފުލުހުންގެ ވުޒާރާ ތާހިރު ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާޅުވީ، އިދިކޮޅުން މިރޭ ބާއްވަން އުޅޭ ޖަލްސާގައި ގާނޫނާ ހިލާފު އަމަލުތަކެއް ހިންގުމަށް ރާވަމުންދާ ކަމާއި ބައެއް ފަރާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ހިންގާނެކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ސުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެބަޔާނުގައި ވިދާޅުވެފައިވަނީ ހުސް ދޮގު މައުލޫމާތު ކަމަށާއި، އެފަދަ ކަމެއް އެއްވެސް ބަޔަކު ނުކުރާނެ ކަމަށެވެ.
އައި އެބަޔާން ނެރުނީ ކާކުގެ ސޮއެއްތޯ 4 މަސް ފަހުން ބަލާނެ ކަމަށާއި، ދިވެހި ފުލުހުންގެ ހިދުމަތުން ނުތާހިރުކޮށް ނޫޅުއްވުމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް 4 މަސް ފަހުން ފުލުހުންގެ ވުޒާރާ އިސްލާހު ކުރާނެ ކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.