
2028 ވަނަ އަހަރާއި ހަމައަަށް ލެއައޯ އެސީ މިލާނުގައި މަޑުކުރަން އެއްބަސްވެއްޖެ!
IMG_20230602_202949
ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލިއައޯ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 30 ޖޫން 2028 ގެ ނިޔަލަށް އާކޮށްފައިވާކަން އޭސީ މިލާނުން ބުނެފިއެވެ.

އެތައް މަހެއްވަންދެން އުނދަގޫ މަޝްވަރާތަކަކަށް ފަހު އެކުލަވާލި އާ އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމުގެ ރިލީސް ފީއެއްގެ ގޮތުގައި 175 މިލިއަން ޕައުންޑް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މުސާރައިގެ ގޮތުގައި އަހަރަކު 5 މިލިއަން ޕައުންޑުގެ އިތުރުން ސައިނިންގ ފީއެއްގެ ގޮތުގައި އިތުރު 2 މިލިއަން ޕައުންޑް ވަނީ ހިމަނާފައެވެ.
އޭސީ މިލާނުން ލިއާއުގެ އެއްބަސްވުން އާކުރުމާއެކު އެޓީމުގެ ސަޕޯޓަރުންނަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ސަބަބަކީ ލިއައޯގެ އެއްބަސްވުން 2024 ވަނަ އަހަރު ހަމަވާތީއާއިއެކު އަނެއްކާވެސް ޒުވާން ހުނަރުވެރިި ކުޅުންތެރިއަކު ހިލޭ ޓްރާންސްފާއެއްގައި ޓީމު ދޫކޮށްގޮސްދާނެކަމުގެ ބިރު އޮތުމުންނެވެ.
ވޭތުވެދިޔަ ދެ އަހަރު އޭސީންގެ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްފައިވާއިރު އޭގެތެރޭގައި އިޓަލީގެ ގައުމީޓީމު ކީއްޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އާއި ތުރުކީގެ ހަކަން ކަލްހަނޮގްލޫ އަދި އައިވޯރިއާގެ މިޑްފީލްޑަރު ފްރޭންކް ކެސީ ހިމެނެ އެވެ.
ރަފައެލް ލެއައޯ އަކީ ފައިތުވެދިޔަ ދެ ސީޒނުގައި އޭސީ މިލާނުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާއެވެ. 11 އަހަރަށް ފަހު އޭސީ މިލާނުން އިޓާލިއަން ލީގު ޗެންޕިއަންކަން މިދިޔަ އަހަރު ހޯދިއިރު ލީގުގެ މޮޅުކުޅުންތެރިއާގެ މަގާމުވެސް ލިބުނީ ލެއައޯ އަށެވެ. މިދިޔަ ސީޒަނުގައި މިލާނަށް 11 އެސިސްޓްގެ އިތުރުން 10 ލަނޑު ކާމިޔާބުކޮށްދީފައިވާ އުމުރުން 23 އަހަރުގެ ލެއައޯ ވަނީ މިދިޔަ އަހަރުގެ ބެލެންޑިއޯ އެވޯޑަށް ނޮމިނޭޓުވި 30 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.