logoEN
cocacola
ސްޕޮޓިފައި ރާއްޖެއަށް!

ސްޕޮޓިފައި ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

2/23/2021, 7:07:04 AM

spotify-music-promotion copy

ދުނިޔޭގެ މަޝްހޫރު ލަވަ ސްޓްރީމިންގ ޕްލެޓްފޯރމް، ސްޕޮޓިފައި ރާއްޖޭގެ މާކެޓަށް ގެންނަން ނިންމާފައިވާކަން ސްޕޮޓިފައި އިން ހާމަކޮށްފި އެވެ.

ގޮސިޔާ

ރޭ ސްޕޯޓިފައި އިން ކުރިޔަށްގެންދިޔަ ހާއްސަ އިވެންޓް " ސްޓީމް އޮން " ގައި ސްޕޯޓިފައި އިން ވަނީ ދުނިޔޭގެ 80 ޤައުމަކަށް ސްޕޮޓިފައި ފުޅާކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިޔާގެ ގައުމުތަށް ކަމަށްވާ ސްރީލަންކާ ، ބަންގްލަދޭޝް ، ބޫޓާން ، ނޭޕާލް އަދި ޕާކިސްތާނަށް ވެސް ސްޕޮޓިފައި ފުޅާ ކުރުމަށް ވަނީ ނިންމާފައި އެވެ.

ސްޕޯޓިފައިގެ ޗީފް ފްރީމިއަމް ބިސްނަސް އޮފިސަރ އެލެކްސް ނޯސްޓްރޯމް މި އިވެންޓުގައި ބުނި ގޮތުގައި ސްޕޮޓިފައި ގެ އަމާޒުހުރީ 1 ބިލިއަން ޔޫސަރުންނަށް ކަމަށެވެ. އަދި ސްޕޮޓިފައި ފުޅާ ކުރުމަށް ހަމަޖެހިފައިވަނީ އިތުރު 80 ގައުމަކަށާއި 52 އާ މާކެޓަށް ކަމަށެވެ. އަދި ސްޕޮޓިފައި އިތުރު 36 ބަހަކުން ލިބޭނެ ގޮތް ވެސް މި އެކްސްޕޭންޝަނާއި އެކު ވެގެންދާނެ ކަމަށް ނޯސްޓްރޯޯމް ބުންޏެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ރޭ އިއުލާން ކުރެވުނު ރީޖަންތަކަށް ސްޕޮޓިފައި މިއަހަރުގެ މެދު ތެރޭގައި ލޯންޗުކުރާނެއެވެ.

ސްޕޮޓިފައިގެ އެންމެ ވާދަވެރި ބަޔަކަށް މާކެޓުގައި އުޅެނީ އެޕަލް މިއުޒިކެވެ. ގިނަ އައިއޯއެސް ގެ ހިތްތަށް މިވަނީ އެޕަލް މިއުޒިކާ ދިމާއަށް ދަމައިގަނެފައެވެ. އެންޑްރޮއިޑްގައި ސަޕޯޓްކުރި ނަމަވެސް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަދިވެސް އެންމެ ބަރާބަރީ ސްޕޮޓިފައިއެވެ.

ދެހާސް ހައެއްގައި ވުޖޫދަށް އައި ސްވިޑްންގެ ސްޕޮޓިފައި އަކީ މިހާރު އެންމެ ގިނަ ލަވަތައް އަޑު އަހާލެވޭނެ ޕްލެޓްފޯމެވެ. އޭގައި ހުރި ލަވަތަކުގެ އަދަދު 70 މިލިއަނަށް އަރަ އެވެ. އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 345 މިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 154 މިލިއަނަކީ ފީ ދައްކައިގެން ސްޕޮޓިފައި ބޭނުންކުރާ މީހުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ