logoEN
ޕީއެންސީ 2
މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް ރިއްފަތު އެދިވަޑައިގެންފި

މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް ރިއްފަތު އެދިވަޑައިގެންފި

އަލްފާ އަލީ

logo

6/1/2023, 10:45:14 PM

l_2019_10_10_023716_qrx57hwcz1el2vtajpoy6bsug34m89ndkfi_EN_

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރިވެ ވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އެދިވަޑައިގެންފި އެވެ.

ޝަރީ 2024

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންހެ މަޖިލީހުގެ ޖަލްސާއަށް ރިއްފަތުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ރިއްފަތު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތީ ލިޔުމުންނެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ، އެ މައްސަލަ މަޑުޖައްސާލައި ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދުމަށެވެ.

މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ރިފްއަތު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވީ އެެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ހައްގު ވެސް މަޖިލީހުން ފޯރުކޮށްދީފައި ނުވާތީ، މަޖިލީހަށް މި މައްސަލަ ދެން އެޖެންޑާ ކުރާ ދުވަހަކުން އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރިއްފަތު ވަނީ އެދިވަޑައިގެންފައެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު ކަމަށް ބުނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ