logoEN
ޕީއެންސީ 2
މާފުށީ ޖަލުގައި ޤާއިމުކުރި ދެ ފުޓްސަލް ދަނޑުހުޅުވައިފި

މާފުށީ ޖަލުގައި ޤާއިމުކުރި ދެ ފުޓްސަލް ދަނޑުހުޅުވައިފި

އަލްފާ އަލީ

logo

6/1/2023, 10:02:26 PM

IMG_3063

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި ޤައިދީން ފުޓްސަލް ކުޅުމަށް ޤާއިމުކުރި ދެ ފުޓްސަލް ދަނޑު މާފުށީ ޖަލުގައި މިއަދު ހުޅުވައިފިއެވެ.

ޝަރީ 2024

undefined

މި ދެ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދެ ދަނޑު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

މި ދެ ދަނޑަކީ އެމްސީއެސްގެ އޮފިސަރުންނާއި ޤައިދީންގެ ދުޅަ ހެޔޮ ސިއްޙަތަކާއި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ފުޓްސަލް ކުޅުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ޕްރިސްކޯ އާ ޙަވާލުކޮށްގެން ޤާއިމުކުރި ދެ ދަނޑެވެ.

undefined

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަލުތަކުގައ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ޤާއިމުކުރެވުނު މި ދެ ދަނޑަކީ އޭގެ އެއް މަސައްކަތަކުގެ ނަތީޖާކަމަށެވެ. އަދި ޤައިދީންނާއި އޮފިސަރުންނަށް މުޙާތަބްކުރައްވަމުން ދަނޑުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނަސޭޙަތްތެރިވެލެއްވިއެވެ.

undefined

ކޮމިޝަނަރގެ ވާހަކަފުޅުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮނަރަނަބަލް އަޙްމަދު މަހްލޫފް އަށާއި މި ދަނޑުތަކުގެ މަސައްކަތަކުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

މި ދެ ދަނޑުހުޅުވުމުގެ ގޮތުން ޤައިދީންގެ މެދުގައި ކުޅެވުނު ފުޓްސަލް މެޗް، ކޮމިޝަނަރ އާއި އެމްސީއެސްގެ އިސް ވެރިން ވަނީ ބައްލަވާލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ