logoEN
ކޮކާކޯލާ
ރިސޯޓް ލީގު 2023: ނޯތު މާލޭ ޒޯނުގެ ފައިނަލުން ރީތިރަށާއި ބަނޑޮސް ޖާގަ ހޯދައިފި!

ރިސޯޓް ލީގު 2023: ނޯތު މާލޭ ޒޯނުގެ ފައިނަލުން ރީތިރަށާއި ބަނޑޮސް ޖާގަ ހޯދައިފި!

ހަސަން ޝަމްއޫން

logo

6/1/2023, 8:11:46 PM

IMG_20230601_190319

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ފައިނަލުން ރީތިރަށާއި ބަނޑޮސް ޖާގަ ހޯދައިފިއެވެ.

އަބުޅޯ

މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ކުޑަހުރާ އާއި ވާދަކޮށް ބަނޑޮސް މޮޅުވީ 5-2 ގެ ނަތީޖާއަކުން ނެވެ. އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޕަޓީނާ އަތުން ރީތިރަށް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކުޑަހުރާ އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން މައުރޫފް އެވެ. މިއީ ކޯނަރަކުން އެޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބަނޑޮހުގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބަނޑޮހުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 06 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރީހާން އެވެ. މިއީ އަރިމަތިން އެޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ކުޑަހުރާ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ އަހުމަދު ޝަމީމް ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަހުރާ އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރައިހާން އަހުމަދު ސަލީމް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ބަނޑޮހުން ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް އަހުމަދު ޝަމީމް އެވެ. އަދި މި ހާފުގައި އެޓީމުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މުހައްމަދު އިކުރާމް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ފިރާޝް އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބަނޑޮހުގެ އަހުމަދު ޝަމީމް އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރީތިރަށުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ނާހިދުއެވެ.

މިއީ ޕަޓީނާގެ ހާފުގެ މެދެއްހާ ހިސާބުން ހުރެފައި އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައިޖެހިފައި ބޭރަށް ނުކުތް ވަގުތު އެޓީމުގެ އެހެން ކުޅުންތެރިން ފޮނުވާލި ބޯޅަ ޕަޓީނާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، ރީތިރަށުން އެޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައެވެ. އަދި މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އިބްރާހީމް ނާހިދު އެވެ.

މިއީ ކައިރީގައި ހުރި ކުޅުންތެރިއާގެ ކައިރިން ނައްޓާލުމަށް ފަހު ޕަޓީނާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ލަނޑުޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ޖާޒީ ބޭލުމުން ރެފްރީ ވަނީ ނާހިދުއަށް ރީނދޫ ކާޑެއް ދައްކާފައެވެ.

ޕަޓީނާ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އަފްލާހް އެވެ. މިއީ ރީތިރަށުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ރީތިރަށުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިން އިބްރާހިމް ނާހިދުއެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ