logoEN
ކޮކާކޯލާ
20 އަހަރުންދަށުގެ ވޯލްޑްކަޕް: އާޖެންޓީނާ ކަޓުވާލުމަށްފަހު ނައިޖީރިއާ ކުއާޓާ ފައިނަލަށް!

20 އަހަރުންދަށުގެ ވޯލްޑްކަޕް: އާޖެންޓީނާ ކަޓުވާލުމަށްފަހު ނައިޖީރިއާ ކުއާޓާ ފައިނަލަށް!

ހަސަން ޝަމްއޫން

logo

6/1/2023, 5:46:42 PM

IMG_20230601_173401_647

އާޖެންޓީނާގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ނައިޖީރިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އަބުޅޯ

މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރުން ފުރުސަތު ހޯދިއިރު، މުބާރާތުގެ ފުރަތަަމަ މެޗުގައި އުޒްބެކިސްތާން އަތުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުން ނެވެ. ނަމަވެސް ދެވަނަ މެޗުގައި ގުއަޓެމާލާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ގުރޫޕްގެ ފަހު މެޗުގައި އެޓީމުގެ ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުޒިލޭންޑު ބަލިކޮށްފައެވެ.

undefined

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގައި ނައިޖީރިއާ އިން އެޓީމުގެ އެޓޭކުތައް ވަރުގަދަކޮށް މެޗުގެ ލީޑު ހޯދިއެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އިބްރާހިމް މުހައްމަދު އެޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރިލްވާން ސާކީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނައިޖީރިއާ މޮޅުވެގެންނެވެ.

undefined

މި އަހަރުގެ ވިހި އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް އާޖެންޓީނާ ކޮލިފައިވެފައި ނުވާއިރު އެޓީމަށް މުބާރާތުގެ ވާދަކުރުމުގެ ފުރުސަތު ލިބުނީ މުބާރާތް ބާއްވާ ގައުމު ހައިސިއްޔަތުން ނެވެ. އެންމެ ފުރަތަަމަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ އިންޑޮނޭޝިޔާގައެވެ. ނަމަވެސް މި މުބާރާތުގައި އިޒްރޭލުން ވާދަކުރާތީ އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ފީފާއިން ނިންމީ މުބާރާތް ބޭއްވުމުގެ ފުރުސަތު އާޖެންޓީނާ އަށް ދިނުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ