logoEN
Sto top
އައްޑޫގައި ބޭބެ މަރާލި ކޮއްކޮ ހައްޔަރުކޮށްފި

އައްޑޫގައި ބޭބެ މަރާލި ކޮއްކޮ ހައްޔަރުކޮށްފި

އަލްފާ އަލީ

logo

6/1/2023, 4:50:08 PM

Addu

އައްޑޫ ސިޓީ މަރަދޫފޭދޫގައި ކޮއްކޮއަކު އޭނާގެ ބޭބެގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Wamco

ރޭ މަރަދޫ-ފޭދޫ ގައި ހިނގި މި މާރާމާރީގައި، މަރުވެފައިވަނީ ބްލޫ ސްޓާ، 27 އަހަރުގެ އަހުމަދު ޝުއައިބް އެވެ. މިމައްސަލާގައި ތުހުމަތު ކުރަނީ އޭނާގެ ކޮއްކޮގެ މައްޗަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫފޭދޫގެ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:38 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside