
ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓު ހުޅުވައިގެން 5،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
BML Kids Saver-1
ބޭންކް އޮފް މޯލްޑިވްސްއިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 5000 ރުފިޔާ ޖަމާކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 2500 ރުފިޔާ ޖަމާކުރެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަރ އެކައުންޓަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޖޫންއިން 10 ޖުލައިގެ ނިޔަލަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.