logoEN
cocacola
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

އައިޝަތު އިފާޝާ

logo

6/1/2023, 2:30:29 PM

FxhfeM_aEAA9tOe

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން ހުށަހަޅައިފިއެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ 3،560 މީހުންގެ ފޯމާއެކުއެވެ.

ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯމުތައް އިލެކްޝަންސް ކޮމިޝަން އާއި ހަވާލުކޮދެއްވީ، އެޕާޓީ އުފެއްދެވުމުގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އިލެކްޝަންސް ގެ ފަރާތުން ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ، އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ހަސަން ލަތީފް ވިދާޅުވީ، މިއަދު ހުށަހެޅި ފޯމުތައް ވީހާވެސް އަވަހަށް ވެރިފައިކޮށް، އެޕާޓީގެ 3،000 މެމްބަރުންނާއެކު ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އީސީގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހުށަހެޅީ 3560 ފޯމު. އެއީ ރަޖިސްޓްރޭޝަނަށް ބޭނުންވާ 3000 ފޯމު. އަޅުގަނޑުމެން ޓާގެޓް ކުރީ 3500 އަށް. އެހެން ނަމަވެސް މިއަދު ހެނދުނު 60 ފޯމު ލިބުނީމަ އެ ފޯމުތަކާއިއެކު މި ހުށަހެޅީ." ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ މިއަދު ހުށަހެޅި ފޯމުތަކުގައި އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށާއި، ފޯމުތައް ހުށަހެޅުމުގެ ކުރިން އެ ޕާޓީގެ ތެރޭގައި ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި ސައްހަކަށް ކަށަވަރުކޮށްފައިވާނެ ކަމަށެވެ.

އަދި ޑިމޮކްރެޓްސް އިން ހިންގީ މެމްބަރުން ހޯދުމުގެ ހަރަކާތެއް ނޫން ކަމަށާއި މިއަދު ހުށަހެޅީ ހަމައެކަނި ރަޖިސްޓްރޭޝަނަށް ޓާގެޓް ކުރި އަދަދު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން ފޯމުތައް ހުށަހެޅީ ވަރަށް ރަނގަޅު ތަރުހީބަކާއި އެކުގައި ކަމަށް ވެސް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ފޯމުތައް ވެރިފައިކޮށް އީސީއިން ހުއްދަ ދިނުމާއިއެކު އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެކި ރަށްރަށަށް ދަތުރު ފަށާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ކެމްޕެއިން ވެސް ފަށާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ