logoEN
cocacola
ޕެނަލްޓީގައި ރޯމާ ބަލިކޮށް، ސެވިއްޔާ އިން 07 ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި!

ޕެނަލްޓީގައި ރޯމާ ބަލިކޮށް، ސެވިއްޔާ އިން 07 ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި!

ހަސަން ޝަމްއޫން

logo

6/1/2023, 4:50:55 AM

FB_IMG_1685576881481

ޔޫރޮޕާ ލީގު ފައިނަލްގައި އިޓަލީގެ ރޯމާ އާއި ސްޕެއިންގެ ސެވިއްޔާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން 07 ވަނަ ފަހަރަށް ސެވިއްޔާ އިން ހޯދައިފިއެވެ.

ގޮސިޔާ

ހަންގޭރީ ގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި މިރޭ ކުޅެވުނު ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ރޯމާ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާއެވެ. މިއީ އެޓީމުގެ އިޓަލީ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

undefined

ފުރަތަަމަ ހާފުގައި ސެވިއްޔާ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު އިވާން ރަކިޓިކް އަށެވެ. ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރޯމާގެ ޕެނަލްޓީ އޭރިއާ ބޭރުން ރަކިޓިކް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ސެވިއްޔާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަށް ވަރުގަދަކުކުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ލަނޑަކީ ސެވިއްޔާގެ ކުޅުންތެރިއެއް ރޯމާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އެޓީމުގެ އިޓަލީ ޑިފެންޑަރު ޖިއަންލޫކާ މަންޗިނީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގައި މެޗުގެ ލީޑު ނެގުމަށް ރޯމާގެ އިގިރޭސި ފޯވާޑް ވަނީ އަބްރަހަމް އާއި އިޓަލީ ފޯވާޑް އަންދްރޭ ބަލޮއްޓީ އަށް ލިބުނު ހުސް ފުރުސަތުތަކުގައި ބޭނުން ނުކުރެވުނު އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ސެވިއްޔާގެ ސްޕެނިޝް މިޑްފީލްޑަރު ސުސޯ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް ވީ ރޯމާގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ އެވެ. މިއާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ފައިނަލް މެޗުގެ ނަތީޖާ ނެރުނަށް ކުޅެވުނު 15 މިނެޓުގެ ދެ ހާފުގައި ނިމުނީ އިރު ވެސް 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުނަށް ޖެހި ޕެނަލްޓީގައި ސެވިއްޔާ އިން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ކާމިޔާބުކުރި އިރު، ރޯމާ އިން ޖެހި ތިން ޕެނަލްޓީގެ ތެރެއިިން ދެ ޕެނަލްޓީ ސެވިއްޔާގެ ގޯލްކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ.

މިއީ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ އިން ހޯދި 07 ވަނަ ފަހަރެވެ. އަދި މި ކާމިޔާބީއާ އެކު އެޓީމުން ވަނީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ޔޫރަޕުގެ މުބާރާތަކުގެ ފައިނަލުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފަ އެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ޔުއެފާ ޗެމްޕިއަންސްލީގު ދެފަހަރު އަދި ޔުއެފާ ޔޫރޮޕާ ލީގު ދެފަހަރު ކާމިޔާބުކުރުމުގެ އިތުރުން މިދިޔަ އަހަރު ރޯމާއާއި އެކު ޔުއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށް ޔޫރަޕުގެ އެންމެ ޝަރަފުވެރި ތިން މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ