logoEN
ކޮކާކޯލާ
އިންޑިއާގައި އަނބިމީހާ އޮރިޔާންކޮށް އޭނާގެ ލޯބިވެރިޔާއަށް އަނިޔާކުރިއިރު ފިރިމީހާ ހުރީ ނަށަން

އިންޑިއާގައި އަނބިމީހާ އޮރިޔާންކޮށް އޭނާގެ ލޯބިވެރިޔާއަށް އަނިޔާކުރިއިރު ފިރިމީހާ ހުރީ ނަށަން

އައިޝަތު އިފާޝާ

logo

5/31/2023, 8:56:29 PM

Screenshot 2023-05-31 at 20.55.30

އިންޑިއާގެ ގުޖުރާތުގެ އަވަށެއް ކަމަށްވާ މަރްގަލާގައި މީހަކާ އިނދެގެން އުޅޭ އަންހެނަކު އޭނާގެ ލޯބިވެރިޔާއާ އެކު ފިލައިގެން އުޅެނިކޮށް އަވަށުގެ މީހުން ނުކުމެ އެ ދެމީހުންނަށް އަނިޔާކޮށްފިއެވެ.

އަބުޅޯ

ރިޕޯޓުތައް ބުނާ ގޮތުގައި އެ އަންހެން މީހާގެ ފިރިމީހާއާއި އެ އަވަށުގެ މީހުން އެދެމީހުން ހޯދައި އަންހެން މީހާ އޮރިޔާންކޮށް އޭނާގެ ލޯބިވެރިޔާގެ ގައިގައި ތަޅައި އަނިޔާކުރި އިރު އެކަން ހުއްޓުވުމުގެ ބަދަލުގައި އަންހެން މީހާގެ ފިރިމީހާ ހުރީ އެތަނުގައި ލަވަ ކިޔައި ނަށަން ކަމަށެވެ.

އަދި އަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ ބިންމަތީގައި ދަމަމުން މުޅި އަވަށުގައި އެމީހުން ވަނީ ހިނގާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެ ހާދިސާ ހިނގިއިރު އަންހެން މީހާގެ ފިރިމީހާ އޭނާގެ އަނބިމީހާއަށް އެހީވުމުގެ ބަދަލުގައި ނަށަން ހުރި މަންޒަރާއި އެ މީހުން އެ ދެމީހުންނަށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯ ވައިރަލްވުމާއި ގުޅިގެން އެސަރަހައްދުގެ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

އިންޑިއާގައި މިފަދަ ކަންތައް ހިނގުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް އަންހެނުންނަށް އަނިޔާކުރުމާއި އާންމުންގެ ކުރިމަތީގައި އޮރިޔާން ކޮށް ހެދުމަކީ އިންޑިއާގެ ބައެއް އަވަށްތަކުގައި އަދަބެއްގެ ގޮތުގައި ކަނޑަައަޅާފައިވާ ކަންތައްތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ