logoEN
Sto top
 ޑޮނާލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީސްމީޑިއާ ސައިޓުތަކެއް ހެދުމުގެ މަސައްކަތް ފަށައިފި

ޑޮނާލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީސްމީޑިއާ ސައިޓުތަކެއް ހެދުމުގެ މަސައްކަތް ފަށައިފި

ގާފު އެޑިޓޯރިއަލް

logo

2/23/2021, 10:27:32 AM

Twitter-Trump-suspension-CAROUSEL

ދާދި ފަހުން ގިނަ މީސްމިޑިއާ ސައިޓު ތަކަކުން ބްލޮކް ކޮށްފައިވާ ޑޮނާލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީސްމީޑިއާ ސައިޓުތަކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

Wamco

ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރު ޖޭސަން މިލާ ބުނިގޮތުގައި ޓްރަންޕް މިހާރު ވަނީ މިފަދަ ޕްލެޓްފޯމެއް ތައްޔާރުކުރުމަށް އެކި ފަރާތްތަކާއެކު މަޝްވަރާ ފަށާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމާއެކު ޓްރަންޕް ވަނީ އެނާގެ ސަޕޯޓަރުންގެ ގާތުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ދައްކާފައެވެ. އަދި ބަލި ޤަބޫލު ކުރުމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ. ޓްރަންޕް މީސްމީޑިއާގައި ދެއްކި ވާހަކަތަކާއެކު އޭނާގެ ސަޕޯޓަރުން ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލާހަށް ވަދެ ހަމަނުޖެހުންވެސް ހިންގާފައެވެ.

މިއާއެކު ފޭސްބުކް، އިންސްޓަގްރަމް އަދި ޓްވިޓާ ފަދަ ބޮޑެތި މީސްމީޑިއާ ޕްލެޓްފޯމް ތަކުންވަނީ ޓްރަމްޕް ބްލޮކް ކޮށްފައެވެ. ޔޫޓިއުބްއިންވެސް ވަނީ އޭނާ ބޭން ކޮށް އޭނާގެ ވީޑިއޯތައް ނުފެންނަގޮތް ހަދާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕް ފާހަގަކޮށްލެވެނީ ވަރަށް ނުފޫޒުގަދަ މީހެއްގެ ގޮތުގައެވެ. އަދި އޭނާގެ ވަފާތެރި ސަޕޯޓަރުންވެސް ތިބީ އޭނާއާއެކު ކުރިއަށް ދިއުމަށް ތައްޔާރަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside