
New Project (1)
އޮޕްޓިކަލް އިލިއުޝަންސް އަކީ އާންމު ފޮޓޯތަކާއި ހިލާފަށް އޭގެ ސަބަބުން އަހަރުމެންނަށް ފެންނަ ގޮތް ބަދަލުކޮށްލާ އެއްޗެކެވެ. އެގޮތުން ހަގީގަތާ ނުގުޅޭ ކަމެއް ދެނެގަތުމަށް އަހަރެމެންގެ ލޮލުން ސިކުނޑިއަށް މައުލޫމާތު ފޮނުވައި އޭގައި ނުފެންނަ މަންޒަރު ދައްކުވައިދެއެވެ.

މީސްމީީޑިއާގައި މިހާރު އާންމުވަމުންދާ އޮޕްޓިކަލް އިލިއުޝަން އަކީ އެންމެ ފުރަތަމަ އެޔަށް ބަލާލުމުން މާބޮޑު ތަފާތުކަމެއް އޭގެއިން ނުފެނުނު ނަމަވެސް އެ ތަސްވީރުން ފެންނަ ފިޔާތޮށި ކުލައިގެ ތިކިތަކުގެ މެދުގައި ވާ ޕްލަސް ފާހަނގައަށް އިރުކޮޅެއް ވަންދެން ބަލަން ހުރުމުން ތަފާތު ކަމެއް ފާހަގަވެގެންދާ އިލުޝަން އެކެވެ.
އެގޮތުން އެޔަށް ބަލައިގެން ހުންނަން ފެށުމުން އެ ތަސްވީރުން ފެންނަ ފިޔާތޮށި ކުލައިގެ ތިކިތައް ގެއްލިގެން ދެއެވެ. އަދި އިރުކޮޅަކުން ފެހިކުލައިގެ ތިކިތަކެއް ފެނިގެންދެއެވެ.
ނަމަވެސް އެހެން ތަނަކަށް ބެލުމުން އަނެއްކާވެސް ފެހި ކުލަ ގެއްލި ހަގީގީ ކުލައިގެ ތިކިތައް ފެނިގެންދެއެވެ. މި އޮޕްޓިކަލް އިލިއުޝަން ޓެސްޓު ކުރި ބައެއް މީހުން ވަނީ އެމީހުންނަށް ދެ ކުލައިގެ ތިކިތައް އެއްފަހަރާ ފެންނަ ކަމަށްވެސް ބުނެފައެވެ.