logoEN
Sto top
ގދ. އަތޮޅު ކައުންސިލްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ދައުލަތުގެ އިސް މަޤާމަކަށް

ގދ. އަތޮޅު ކައުންސިލްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ދައުލަތުގެ އިސް މަޤާމަކަށް

އަޙްމަދު ޖަމީލު

logo

2/22/2021, 6:10:41 PM

gg

ގދ. އަތޮޅު ކައުންސިލްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ އަލްފާޟިލް އަލީ ޝާމް، ދައުލަތުގެ އިސްމަޤާމަކަށް ދައުލަތުގެ ފަރާތުން މިއަދުގެ ވަގުތެއްގައި ވަނީ އައްޔަން ކުރައްވާފައެވެ.

Wamco

ގާފު ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަލީ ޝާމް ވަނީ މިއަދުގެ ވަގުތެއްގައި ގދ. އަތޮޅު ކައުންސިލްގެ މެމްބަރުކަމުންވެސް އިސްތިއުފާ ދެއްވާފައެވެ.

އަލީ ޝާމް އައްޔަންކޮށްފައިވާ މަޤާމަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސެސްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމެވެ.

އަލްފާޟިލް އަލީ ޝާމް އަކީ މީގެ ކުރިން ތިނަދޫ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ. ފަރެސްމާތޮޑާ ދާއިރާގެ އަތޮޅު ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން، އަލީ ޝާމް އަކީ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގައި ފަރެސްމާތޮޑާ ތަމްޞީލްކުރާ އެދާއިރާގެ ރައީސްވެސް މެއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާލާއިރު، ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ އަލީ ޝާމް ހާޞިލް ކޮށްފައިވުމުގެ އިތުރުން، ޤާނޫނީ ރޮގުން ފުރަތަމަ ޑިގްރީއަށް މިހާރުވެސް އަންނަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside