
ފިރިހެނެއްގެ ފުރަގަސްފަރާތުގައި ތާށިވި ޑިއޯޑްރަންޓް ފުޅި ނަގަން ޖެހުނީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން
New Project (5)
އުމުރުން 30 އަހަރުގެ ފިރިހެނެއްގެ ފުރަގަސްފަރާތަށް ޑިއޯޑްރަންޓް ފުޅިއެއް ބޮޑު އޮޕަރޭޝަނެއް ކޮށްގެން ނަގައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ޖިންސީ އެދުން ފުއްދުމުގެ ބޭނުމުގައި އޭނާގެ ފުރަގަސް ފަރާތަށް ބޮޑީ ސްޕްރޭ ފުޅި ވެއްދުމުން އެތެރޭގައި ތާށިވިއެވެ. އަދި އޭތި ނެގުމަށް އޭނާ އަމިއްލައަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން އޭނާ ވަނީ އޭގެ ދެ ގަޑިއިރު ފަހުން ސިއްހީ އެހީތެރިކަން ހޯދާފައެވެ.
ތެހެރާން ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސަސްގެ އިމަޖެންސީ ޑިޕާޓްމަންޓުގެ ޑޮކްޓަރުން ބުނި ގޮތުގައި އީރާނުގެ މިމީހާ ބަނޑުގައި ރިއްސަން ފަށާފައިވަނީ، މެޑިކަލް ކޮމިއުނިޓީގައި "ފޮރިން ބޮޑީ" ނުވަތަ "އެފްބީ" ގެ ނަމުން ނަންދީފައިވާ ޖިންސީ އުފަލެއް ހޯދުމުގެ ތެރޭގައި ބޭނުންކުރި ޑިއޯޑްރަންޓް ފުޅި އެތެރޭގައި ތާށިވުމުގެ ސަބަބުން ކަމަށެވެ.
އެކަމާ ގުޅިގެން ބަނޑުގައި ރިއްސުމުގެ އިތުރުން އެއްވެސް ސިއްހީ ނުރައްކާތެރި އަލާމާތެއް ފެނިފައި ނުވާ ކަމަށާއި އޭގެ ތެރޭގައި ބޮލުގައި ރިއްސުން، ބަނޑުގައި ރިއްސުން، ލޭ އައުން ނުވަތަ އާދަޔާ ހިލާފަށް ބަނޑުގެ ހަރަކާތްތައް ހިމެނޭ ކަމަށް ވެސް ލިޔުންތެރިން ފާހަގަކުރި އެވެ.
އަދި އޭނާއަކީ ސިއްހީ ހާލަތު ރަނގަޅު މީހެއް ކަމަށާއި، އޭނާގެ މެޑިކަލް ނުވަތަ ޑްރަގް ހިސްޓްރީއެއްވެސް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.
އީރާނަށް ނިސްބަތްވާ މި ފިރިހެން މީހާގެ އެކްސްރޭ އެއް ނެގުމުން އެނގުނު ގޮތުގައި ޑިއޯޑްރަންޓް ފުޅި ނެގުމަށް ޖެހޭނީ އޮޕަރޭޝަނެއް ކުރުމަށެވެ.
އަދި އޭނާގެ ބަނޑު ފަޅާލައި ޑޮކްޓަރުން ވަނީ އޭތި ނަގާފައެވެ. އަދި ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުގެ ކުރިން އެއް ދުވަސް ވަންދެން އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު ނަފްސާނީ ޑޮކްޓަރަކަށްވެސް އޭނާ ވަނީ ދައްކާފައެވެ.