
ވިލިނގިލި-ކޫއްޑޫ ބުރިޖުގެ ވައުދު ސަރުކާރުން ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތް - ސައުދު
saud hussain
ވިލިނގިލި-ކޫއްޑޫ ބުރިޖުގެ ވައުދު ސަރުކާރުން ފުއްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގއ.ވިލިނގިލި ދާއިރާގެ މެމަބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވެފައިވަނީ، ވިލިނގިލި-ކޫއްޑޫ ބުރިޖުގެ މަޝްރޫއުގެ ވައުދު ސަރުކާރުން ފުއްދަވާނެކަމުގެ ޔަގީންކަމާއި އިތުބާރު އެބައޮތް ކަމަށެވެ. އަދި ކޮވިޑް-19 ގެ މި ދަތި ހާލަތުގައިވެސް ވިލިނގިލި ދާއިރާއަށް ބޭނުންވާ މުހިންމު ވައުދުތަކުގެ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަން ސައުދު ފާހަގަ ކުރެއްވިއެވެ.
ގއ އަތޮޅުގެ ރަށްތަކުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކާއިއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ވިލިނގިއްޔާ ކޫއްޑޫގެ ބުރިޖު ވައުދުގެ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ބްރިޖު އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ތަނެއް ކަމަށާއި އެ ސަރަހައްދުގައި ސައިންޓިފިކް ގޮތެއްގައި ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އެ ބައްދަލުވުމުގައި ވިލިނގިލި-ކޫއްޑޫގެ ބުރިޖު ވައުދުގެ ވާހަކަ ފެންމަތިވީ ކުއްޑޫ އާއި މާމެންދުއާ ދެމެދު ބުރިޖެއް އެޅުމަށް މާމެންދޫގެ ކެންޑިޑޭޓުން ހުށަހެޅުއްވުމުންނެވެ.