އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު މުޖުތަބާ، މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ އެމަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާކަމަށް އަންގާ ރައީސް އޮފީހުން ވަނީ އޭނާއަށް ސިޓީވެސް ފޮނުވާފައެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެންބަރުން އެ ޕާޓީން ވަކިވެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ މެންބަރުންގެ ތެރެއިން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މެންބަރުން ސަރުކާރުން އަންނަނީ އެ މަގާމުތަކުން ވަކި ކުރަމުންނެވެ.
މުޖުތަބާއަކީ 29 ނޮވެމްބަރު 2018 ގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް އައްޔަނުކުރެއްވި ބޭފުޅެކެވެ. މުޖުތަބާގެ އިތުރުން ޓުރިޒަމް މިނިސްތޤރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި އެމްޑީޕީގެ ސްލޮޓެއްގައި ހުންނެވި އަލީ ހާޝީމް (ސްމިތް) ވެސް މިއަދު އެމަގާމުން ވަކިކޮށްފައިވާ ކަމަށް ވަނީ އަންގާފައެވެ. އޭނާ އަކީ ރައީސް ނަޝީދަށް ތާއީދު ކުރާ އެކްޓިވިސްޓެކެވެ.