logoEN
ޕީއެންސީ 2
ރެލިގޭޓުވެފައިވާ ސައުތުހެމްޓަން އިން ލިވަޕޫލް ކޮޅަށް ހަތަރު ލަނޑުޖަހައިފި!

ރެލިގޭޓުވެފައިވާ ސައުތުހެމްޓަން އިން ލިވަޕޫލް ކޮޅަށް ހަތަރު ލަނޑުޖަހައިފި!

ހަސަން ޝަމްއޫން

logo

5/29/2023, 8:53:45 AM

IMG_20230529_085313

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގެ ސައުތުހެމްޓަން އާއި ލިވަޕޫލް ވާދަކުރި މެޗު 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ޝަރީ 2024

މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލް އިން ދެ ލަނޑުގެ ލީޑެއް ހޯދިއިރު، މި މެޗުގައި އެޓީމުގެ ފުރަތަަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއޭގޯ ޖޯޓާ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ފިރްމީނިއޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިހޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެ ރެލިގޭޓުވެފައިވާ ސައުތުހެމްޓަން އިން ފުރަތަަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޭމްސް ވާޑް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގާނާގެ ފޯވާޑް ކަމާލްދީން ސުލައިމާނާ އެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ސައުތުހެމްޓަން އިން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ކަމާލްދީން ސުލައިމާނާ އެވެ. އަދި މިއީ ލީގުގައި ކުޅުނު 17 މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

މި މެޗުގައި ސައުތުހެމްޓަން އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އެޑަމް އާމްސްޓްރޯންގް އެވެ.

ލިވަޕޫލުންގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި އެޓީމުގެ ނެދަލޭންޑްސް ފޯވަޑް ކޯޑީ ގައްޕޯ ކާމިޔާބުކޮށްދިންއިރު، ޖެހިގެން އައި މިނެޓުގައި އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. މިއީ އެޓީމުގެ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ލިވަޕޫލަށް 67 ޕޮއިންޓާއެކު ލީގު ފަސްވަނަ މަގާމް ލިބުނުއިރު، ލީގުގެ ފުލަށް ދިޔަ ސައުތުހެމްޓަންއަށް 38 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ