logoEN
cocacola
ޗެލްސީ އިން ނިއުކާސަލް މޮޅުވިޔަނުދީ ހިފަހައްޓައިފި!

ޗެލްސީ އިން ނިއުކާސަލް މޮޅުވިޔަނުދީ ހިފަހައްޓައިފި!

ހަސަން ޝަމްއޫން

logo

5/29/2023, 8:29:47 AM

IMG_20230529_082913

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އިން ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ވަރަށް ކުރީކޮޅު ނިއުކާސަލް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް އެންތަނީ ގޯޑަން އެވެ. މިއީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޗެލްސީގެ ގޯލު އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑަކީ ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ނިއުކާސަލްގެ ޑިފެންޑަރު ކިރަން ޓްރިޕިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑު ނެމަށް ޗެލްސީގެ ރަހީމް ސްޓާލިން އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 83 ވަނަ މިނެޓުގައި ނިއުކާސަލް ގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގުއިމަރޭސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީގެ އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިކް އަށް މެޗުގެ ލީޑު ނެމަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ނިއުކާސަލްގެ ކީއްޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ނިއުކާސަލްއަށް 71 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ޗެލްސީއަށް ލިބިފައިވަނީ 44 ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ