logoEN
ޕީއެންސީ 2
ފަހަތުން އަރައި ފުލަމް ބަލިކޮށް ޔުނައިޓެޑުން ސީޒަން ނިންމާލަން ތިންވަނައިގައި

ފަހަތުން އަރައި ފުލަމް ބަލިކޮށް ޔުނައިޓެޑުން ސީޒަން ނިންމާލަން ތިންވަނައިގައި

ހަސަން ޝަމްއޫން

logo

5/29/2023, 7:53:39 AM

IMG_20230529_075304

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.

ޝަރީ 2024

ރޭގެ މެޗުގެ ވަރަށް ކުރީކޮޅު ފުލަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް ޑިފެންޑަރު ކެނީ ޓޭޓްއެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ވިލިއަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯ ފުލަމްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ފުލަމްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ފުލަމްގެ ފޯވާޑް އެލެކްސެންޑްރާ މިޓްރޮވިޗް ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ވަނީ ދިފާއުކޮށްފައެވެ.

ފުރަތަަމަ ހާފުގެ 30 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ސަންޗޯ އެވެ. މި އާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ އެޓޭކުތަށް ވަރުގަދަކޮށް ފުލަމްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާ އިރު، މި މެޗުގައި ފުރަތަަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދިނީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފްރެޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ފުލަމްގެ ޑެނިއަލް ޖޭމްސް އަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ކީއްޕަރު ޑޭވިޑް ޑެހެއާ ދިފާއުކުރި އިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލީޑު ފުޅާކުރުމަށް ޔުނައިޓެޑުގެ ނެދަލޭންޑްސް ފޯވާޑް ވެގްހޯސްޓަށް ފުލަމްގެ ގޯލު އޭރިޔާ ތެރެއިިން ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 75 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ފުލަމްއަށް ލީގުގައި ކުޅުނު 38 މެޗުން ލިބިފައިވަނީ 52 ޕޮއިންޓާއެކު ލީގު ތާވަލުގެ 10 ވަނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ