logoEN
ޕީއެންސީ 2
ބްރެންޓްފޯޑް އަތުން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެ!

ބްރެންޓްފޯޑް އަތުން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެ!

ހަސަން ޝަމްއޫން

logo

5/29/2023, 7:06:01 AM

IMG_20230529_070502

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

ޝަރީ 2024

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ހާފުގެ 10 މިނެޓު ބްރެންޓްފޯޑްގެ ކޮންގޯ ފޯވާޑް ޔޯނޭ ވިސާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެއިތުރުން ވެސް ފުރަތަަމަ ހާފުގެ 36 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ބެން މީ ފޮނުވާލި ބޯޅަ ގޯލްކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފައެވެ.

ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެންޗެސްޓާ ސިޓީ އިން ކުޅުނު ނަމަވެސް މިހާފުގައި ބްރެންޓްފޯޑްގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީ އިން އެޓީމުގެ އެޓޭކުތަށް ވަރުގަދަކޮށް ބްރެންޓްފޯޑްގެ ގޯލާއި އަމާޒުކޮށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އޭގެ ތެރޭގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްވަރޭޒް އާއި އިގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އަށް ލިބުނު ހުސް ފުރުސަތުތަކުގައި އެކުޅުންތެރިންނަށް ބޭނުން ހިފޭ ގޮތެއްނުވިއެވެ.

ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެމެއިކާގެ ޑިފެންޑަރު އީތަން ޕިނޮކްއެވެ. މިއީ އެޓީމުގެ ކެމަރޫން ފޯވާޑް ބްރަޔަން އެބިއުމޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ބްރެންޓްފޯޑުން ވަނީ ލީގުގައި ކުޅުނު 38 މެޗުން 59 ޕޮއިންޓް ހަމަކޮށް ތާވަލުގެ 09 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި މެންޗެސްޓާ ސިޓީއަށް ލީގުގައި ކުޅުނު 38 މެޗުން ވަނީ 89 ޕޮއިންޓް ލިބިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ