logoEN
cocacola
ލީގު ފަހު މެޗުގައި އާސެނަލް އިން ވުލްވްސް ކޮޅަށް 5 ލަނޑުޖަހައިފި!

ލީގު ފަހު މެޗުގައި އާސެނަލް އިން ވުލްވްސް ކޮޅަށް 5 ލަނޑުޖަހައިފި!

ހަސަން ޝަމްއޫން

logo

5/29/2023, 6:25:53 AM

IMG_20230529_062516

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އާއި ވުލްވްސް ވާދަކުރި މެޗު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮއްފިއެވެ.

ގޮސިޔާ

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާ އާސެނަލް އިން ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރު ގްރެނިޓް ޒަކާ އެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޒަކާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާއެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް އެވެ. މިއީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ލިއަންޑުރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާސެނަލް އިން މިމެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑު ޑިފެންޑަރު ޖަކޫބް ކިވިއޯރް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު އެމިލް ސްމިތު ރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 38 މެޗުން އާސެނަލްއަށް 84 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ވުލްވްސް އަށް 38 މެޗު ކުޅެގެން ލިބިފައިވަނީ 48 ޕޮއިންޓާއެކު ލީގު ތާވަލުގެ 13 ވަނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ