logoEN
cocacola
އިންޑިއާގައި ސަރުކާރުގެ އޮފިޝަލަކު އޭނާގެ ފޯނު ނެގުމަށް ޑޭމް އެއް ހުސްކުރި މައްސަލައެއް

އިންޑިއާގައި ސަރުކާރުގެ އޮފިޝަލަކު އޭނާގެ ފޯނު ނެގުމަށް ޑޭމް އެއް ހުސްކުރި މައްސަލައެއް

އައިޝަތު އިފާޝާ

logo

5/28/2023, 8:20:55 PM

_129878879_44f92167-e168-4f93-8917-7d4c7ecfa182.jpg copy

އިންޑިއާގައި ފެން ރައްކާކުރާ ޑޭމް އަކަށް ސަރުކާރުގެ އޮފިޝަލެއްގެ ފޯނު ވެއްޓުމުން އެފޯނު ނެގުމަށް އޭގައި ހުރި ފެން ހުސްކުރަން އޯޑަރުކުރުމުން އޭނާ މަގާމުން ސަސްޕެންޑްކޮށްފިއެެވެ.

ގޮސިޔާ

ރާޖޭޝް ވިޝްވާސް ނަމަކަށް ކިޔާ ސަރުކާރުގެ އޮފިޝަލުގެ ފޯނު އެތަނަށް ވެއްޓުނީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ. އެހެން ކަމުން އޭނާ ވަނީ އެ ފޯނު ނެގުމަށް ޑޭމް ގައި ހުރި އެތައް މިލިއަން ލީޓަރުގެ ފެން ހުސްކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޑޭމް އިން ފެން ހުސްކުރުމަށް 3 ދުވަސް ހޭދަވިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޑޭމް އިން ފެން ހުސްކުރުމަށްފަހު ފޯނު ނެގިއިރު ފޯނު އޮތީ ބޭނުން ނުކުރެވޭ ވަރަށް ފެން އެޅި ހަލާކުވެފައެވެ.

މިމައްސަލަ ހޫނުވުމާއި ގުޅިގެން ވިޝްވާސް އޭނާގެ ދިފާއުގައި ބުނެފައިވަނީ، އޭނާގެ ފޯނުގައި ސަރުކާރުގެ މުހިންމު ބައެއް ޑޭޓާތަކެއް ހުރި ކަމަށާއި، ޑޭމް ހުސްކޮށްގެން ފޯނު ނަގަން އޭނާ އެންގީ އެ ޑޭޓާތައް އަނބުރާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިނުވާ ކަމަށްވެސް އޭނާ ވަނީ ދިފާއުގައި ބުނެފައެވެ.

ފުޑް އިންސްޕެކްޓަރެއްގެ މަގާމު އަދާކުރަމުންގެންދާ ވިޝްވާސް އޭނާގެ 1،200 ޑޮލަރުގެ ސެމްސަންގް ފޯނު އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ ޗައްތިސްގަރްގެ ކެރްކައްޓާ ޑޭމަށް ވައްޓާލީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ