
ތިނަދޫގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ - މަޙްލޫފް
T9EHI0J211stwQwgi45f7NuCxpIt4hIW69zG8KJh
ގދ ތިނަދޫގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކް ގެ ބަޖެޓް ވަނީ ހަމަޖެހިފައި ކަމަށާއި، އަދި މިއަހަރު ތެރޭގައި މި މަސައްކަތް ފެށިގެންދާނެކަމަށެވެ.
އިންޑިޔާގެެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެެކް އެޅުމަށް މި އަހަރަށް ލަފާކޮށްފައިވަނީ 3 މިލިއަން ދިވެހި ރުފިޔާއެވެ.
ހުވަދުއަތޮޅަކީ ރާއްޖޭގެެ އެތްލެެޓިކްސްގައި ނަންމަޝްހޫރު އަދި ވަރުގަދަ ތާރީހެއް އޮތް އަތޮޅެެކެވެ. އަދި ހާއްސަކޮށް ތިނަދޫއަކީ އެތްލެޓިކްސްގައި ވަރުގަދަ ރަށެކެެވެެ. ހުވަދޫގެ އެތްލީޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. އެހެެންކަމުން ސިންތެޓިކް ޓްރެކް ޕްރޮޖެކްޓަކީ މި ރީޖަނަށް ވަރަށްވެސް މުހިންމު ޕްރޮޖެކްޓެެކެވެ. އަދި މިއީ ހުވަދުއަތޮޅުގައި އެތްލެޓިކްސް މުބާރާތްތަކާއި ތަމްރީން ޕްރޮގްރާމްތަށް ކުރިޔަށް ގެންދަން ހުޅުވިގެންދާނެ މަގަކަށެވެ.