
GMG_5513
ގދ. ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މިއަދު އާރުޑީސީން ފަށައިފި އެވެ.

އާރުޑީސީން މި މަސައްކަތް ފަށާފައިވަނީ ތިނަދޫ ފްލެޓް ސަރަހައްދުގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.
ތާރުއަޅަން ފަށާފައިވަނީ ތިނަދޫ އާބާދީ ހިގުން މަގުންނެވެ. އެ މަގަށްފަހުވެެސް އެހެން މަގުތައްވެސް ތާރުއެޅުމަށް ތައްޔާރުކުރުމުގެ މަސައްކަތް އާރުޑީސީން އަންނަނީ ކުރަމުންނެވެ.
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ނިންމާފައި އެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫއު ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އެވެ. މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާއަށެވެ.