
އިންޑިއާގައި އުމުރުން ދުވަސްވީ އަންހެނަކު މަރާލައި އެމީހާގެ މަސް ކެއި މީހަކު ހައްޔަރުކޮށްފި
New Project (2)
އިންޑިއާގައި އުމުރުން ދުވަސްވީ އަންހެނަކު މަރާލައި އެމީހާގެ މަސް ކެއި މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާޖަސްތާނުގެ ޕާލީ ޑިސްޓްރިކްޓުގައި އުމުރުން ދުވަސްވީ އަންހެނަކު މަރާލައި އޭނާގެ މަސް ކާލި ކަމަށް ތުހުމަތުކުރެވޭ 24 އަހަރުގެ ފިރިހެނަކު ރާޖަސްތާނުގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ހައިޑްރޯޕޯބިއާ ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މިމީހާ ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މުމްބާއީއަށް ނިސްބަތްވާ ސުރެންދުރަ ޓާކޫރު ނަމަކަށް ކިޔާ މީހެކެވެ.
ޓާކުރުގެ މައްޗަށް އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 302 ވަނަ މާއްދާގެ (މީހުން މެރުމުގެ) ދައުވާގެ އިތުރުން ކެނިބަލިޒަމްގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
އޭނާ އެޑްމިޓް ކޮށްފައިވާ ބަންގަރް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ސުރެންދްރަ ތާކޫރު "ހައިޑްރޯފޯބިއާ" ޖެހިފައިވަނީ ކުއްތާއެއް އޭނާގެ ގައިގައި ދަތް އެޅުމުގެ ސަބަބުން އެކަމަށް ފަރުވާ ނުލިބުމުގެ ސަބަބުން ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ސެންދްރަ ޕޮލިސް ސްޓޭޝަންގެ ސަރަދަނާ އަވަށުގައި ކަމަށެވެ. އުމުރުން 65 އަހަރުގެ ޝާންތީ ދޭވީ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ބަކަރިތަކަށް ކާންދޭން ދިޔަ މަގުމަތީގައި، ތުހުމަތު ކުރެވޭ މީހާ ވަނީ ހިލައަކުން ހަމަލާދީ އޭނާ މަރާލާފަ އެވެ. އަދި އޭގެ ފަހުގައި އޭނާގެ މަސް ކައިފައި ކަމަށެވެ.