logoEN
cocacola
ޕާކިސްތާނުގައި އައިސް ފައިބާ 11 މީހަކު މަރުވެއްޖެ

ޕާކިސްތާނުގައި އައިސް ފައިބާ 11 މީހަކު މަރުވެއްޖެ

އައިޝަތު އިފާޝާ

logo

5/28/2023, 12:50:05 PM

https___cdn.cnn.com_cnnnext_dam_assets_200115170351-05-kashmir-pakistan-avalanche

ޕާކިސްތާނުގެ އުތުރުގެ ފަރުބަދަތީ ސަރަޙައްދެއްގައި ހިނގި އެވެލާންޗެއްގައި ނުވަތަ ގަނޑުގަނޑަށް ސްނޯއާއި އައިސް ފޭބުމުގެ ހާދިސާއެއްގައި 11 މީހުން މަރުވެއްޖެއެވެ.

ގޮސިޔާ

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ސްނޯއާއި އައިސްތަކުގެ ދަށުވެފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު އަންހެނުން ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ޝާންތިރް ޕާސް އޮންނަ ސަރަޙައްދުގައެވެ. އެއީ ގިލްގިތް ބަލްތިސްތާނާއި ކަޝްމީރު ގުޅައިދޭ މަގެވެ. މި ހާދިސާ ހިނގާފައި ވަނީ ފަތިހުގެ ވަގުތުގައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މަރުވެފައި ވަނީ ނައަމްސޫފި ގެންގުޅެ އޭގެ ވިޔަފާރިކުރާ ބަޔެކެވެ. އެ މީހުން މި ހާދިސާ ހިނގި ސަރަޙައްދަށް ގޮސްފައި ވަނީ އެ މީހުން ނައަމްސޫފީގެ ގޮތުގައި ގެންގުޅޭ ބަކަރިތަކަށް ކާންދޭށެވެ.

މި ހާދިސާގައި އިތުރު 25 މީހަކު ޒަޚަމުވިއެވެ. އަދި، ސްނޯއާއި އައިސްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި، އެ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސްނޯ ފައިބަމުންދާތީ އެ ސަރަޙައްދަށް ދަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މީހުން ސަލާމަތް ކުރަން ކުރަމުންދާ މަސައްކަތްތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ދަނީ ދެ ހެލިކޮޕްޓަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި، މޫސުމީ ބަދަލުތަކާ ގުޅިގެން އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައި މި ފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ޕާކިސްތާނުގެ އުތުރުގައިވާ ފަރުބަދަމަތީ ސަރަޙައްދުތަކުގައި ހިނގާ މި ފަދަ ހާދިސާތައް އިތުރުވެފައިވާ ކަން މޫސުމާ ގުޅޭ ކަންކަން ދިރާސާކުރާ ފަރާތްތަކުން ވެސް ހާމަކުރެއެވެ. "ތަރޑް ޕޯލް" ނުވަތަ ދުނިޔޭގެ ތިންވަނަ ތަނޑީގެ ގޮތުން ނުރަސްމީކޮށް ނިސްބަތް ކުރެވޭ އެ ސަރަޙައްދަކީ، ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑެތި ގްލޭސިޔަރތައް ނުވަތަ ގަނޑުފެންތައް އޮންނަ ސަރަޙައްދެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން އެ ގަނޑުފެންތައް ވިރެމުންދާ ކަން ފާހަގަކުރެވެއެވެ. އެ ތަނުން ވިރިގެން ފައިބަމުންދާ ފެނާއެކު 3,000 އެއްހާ އައު ލޭކް ނުވަތަ ފެންގަނޑު ހެދިފައިވާ ކަމަށް މާހިރުން ބުނެއެވެ. ހުސްވި އަހަރު ޕާކިސްތާނުގައި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައި 1,700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ