
FxMbKhKaAAE7bXR
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ފައިޒާބާދުގެ އިރު ދެކުނަށް އައިސްފައިވަނީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މިބިންހެލުން ރެކޯޑު ކުރެވިފައިވަނީ މިއަދު ހެނދުނު 11:19 އެހާކަންހާއިރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ބިންހެލުމުގެ އަސަރު ޕާކިސްތާނާއި ކަޝްމީރު އަދި އިންޑިއާގެ ސްރީނަގަރާއި ޕޫންޗްގެ ބައެއް ސަރަހައްދުތަކަށާއި، ދިއްލީގެ ބައެއް ހިސާބުތަކަށްވެސް ކޮށްފައިވާ ކަމަށް އިންޑިއާގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް މި ބިންހެލުމުގައި މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވެއެވެ.